ޑޮލަރުގެ އާމްދަނީ އިތުރުވުމުން ލިމިޓަށް ބަދަލު ގެންނާނަން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބޭ ޑޮލަރުގެ އާމްދަނީ އިތުރުވުމުން، ރުފިޔާ ކާޑުތަކަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓަށް އިތުރު ބަދަލުތައް ގެންނާނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
މި ބަދަލުތަކާއެކު، އޮންލައިންކޮށް ވިޔަފާރިކުރާ ބައެއް ވެބްސައިޓްތަކަށް މިހާރު ވަނީ ދުވަހު ބަޖެޓެއް ކަނޑައަޅާފައެވެ. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު އެ ވެބްސައިޓްތަކުން މުއާމަލާތް ނުކުރެވޭނެ ކަމަށާއި، ލިމިޓް ހަމަވުމުން ބީއެމްއެލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ނޮޓިފިކޭޝަން ފޮނުވަމުންދާނެ ކަމަށް ބޭންކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ