ހިޓާޗީ ފިނިފިނި ޕްރޮމޯ 2026 ފަށައިފި
އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ކުރިއަށް ގެންދާ ހިޓާޗީ އޭސީ ޕްރޮމޯޝަން ފަށައިފި އެވެ.އެސްޓީއޯއިން ބުނީ ފިނި ފިނި ހިޓާޗީ ޕްރޮމޯޝަން 2026 ކުރިއަށްދާނީ މި މަހުގެ ފަހަކުން ފެށިގެން ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.އެ ޕްރޮމޯޝަންގައި ހިޓާޗީ އޭސީ އެއް ގަނެގެން، ކޮންމެ 1000 ރުފިޔާއަކަށް، ލަކީ ޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ލިބެ އެވެ. އަދި ލަކީ ޑްރޯގެ ގުރުއަތުން ހޮވޭ އެއް ނަސީބުވެރި އަކަށް 40،000 ރުފިޔާގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބެ އެވެ.ހިޓާޗީ ބްރޭންޑަކީ ދިވެހީންގެ ތެރޭގައި ނަން މަޝްހޫރު، ދިވެހީންގެ އިތުބާރު ލިބިފައިވާ ފެންވަރު ރަނގަޅު ބްރޭންޑެކެވެ. ވަކިން ޚާއްސަކޮށް ހިޓާޗީ އޭސީއަކީ ގިނަ ގެތަކުން ފެންނަ އުފެއްދުމެކެވެ.މި ޕްރޮމޯޝަން، މާލެ، ހުޅުމާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކެއްގައިވެސް ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ