ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހާ ނިޔާވެފައި އޮތްވާ ފެނިއްޖެ

ހުޅުމާލޭގެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދަނިކޮން ނިޔާވެފައި އޮތްވާ ފެނިއްޖެއެވެ.
ރޭގެ އިރުއޮއްސި 18:30 ހާއިރު ހުޅުމާލޭގެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް މެރިން ޕޮލިސް އާއި ކޯސްޓް ގާރޑް ގުޅިގެން ކުރިއަށްގެންގޮސްފައިވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ހުޅުލެ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ހޯދަމުން ދަނިކޮށް، ހުޅުމާލެ ފަޅުތެރެއިން ފެނިފައިވާކަމަށެވެ. މިއަދުގެ ހެނދުނު 08:25 އެހައިކަންހާއިރު މޫދުއަޑިން އޭނާގެ ހަށިގަނޑު ފެނުމުން، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ނިޔާވެފައިވައި ވަނީ ކ.ގުރައިދޫ، ރަތްވިލާގެ، އިބްރާހިމް ޝާކިރު (48 އަހަރު)އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ