އޮސްޓްރޭލިއާގެ މަޝްހޫރު 'އީވިއާ' ޔޯގަޓް އެމްއެޗްއޭ އިން ރާއްޖޭގެ ބާޒާރަށް ނެރެފި

އޮސްޓްރޭލިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އީވިއާ ޔޯގަޓް ދިވެހިރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.
މި ޔޯގަޓަކީ އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ފަސް ވަނަ ޖީލަކަށް ދެމިގެން އައިސްފައިވާ، ސިއްހަތަށް ފައިދާހުރި މާއްދާތަކުން މުއްސަނދިވެފައިވާ އުފެއްދުމެކެވެ.
ރާއްޖޭގެ ބާޒާރުގައި މި އުފެއްދުން ތައާރަފުކޮށް މާކެޓުކުރަނީ ކާބޯތަކެތީގެ ދާއިރާގައި އިތުބާރު ހޯދާފައިވާ އެމްއެޗްއޭއިންނެވެ. 
އީވިއާ ޔޯގަޓަކީ ގްރީކް ޔޯގަޓް އުފެއްދުމުގެ އަސްލު ސަގާފަތާއި އޮސްޓްރޭލިއާގެ ކިރުގެ ފެންވަރު އެކުލެވިގެންވާ އުފެއްދުމެކެވެ. ޔޯގަޓްގެ ދާއިރާގައި ގްރީކް ޔޯގަޓަކީ އޭގެ ފެންވަރާއި ރަހައަށް ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ބާވަތެކެވެ. ހަމައެއާއެކު، އޮސްޓްރޭލިއާގެ އުފެއްދުމަކަށް ވުމުން، މިއީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ކިރުގެ ސާފުތާހިރުކަން އެންމެ މަތީ ދަރަޖައަށް ކަށަވަރުކޮށްދޭ އުފެއްދުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި އުފެއްދުމުގެ އެންމެ ހާއްސަ އެއް ސިފައަކީ މީގައި އެއްވެސް ކަހަލަ އާޓިފިޝަލް ކުލައެއް، ރަހައެއް ނުވަތަ ކާބޯތަކެތި ގިނަދުވަހު ބެހެއްޓުމަށް ބޭނުންކުރާ ކެމިކަލްތައް ނުހިމެނުމެވެ. އަދި ޔޯގަޓް އޮލަކުރުމަށް ބޭނުންކުރާ ޖެލަޓިން ފަދަ މާއްދާތަކުންވެސް މި އުފެއްދުން ވަނީ ސަލާމަތްވެފައެވެ. މިއީ ސިއްހަތަށް ބަލައިގެން ކާބޯތަކެތި އިހްތިޔާރުކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ މިންވަރު މީގައި ވަރަށް މަތީ މިންވަރަކަށް އެކުލެވިގެންވެއެވެ. އެގޮތުން އީވިއާގެ ސްޓްރެއިންޑް ރޭންޖުގެ ކޮންމެ ސާވިންއެއްގައި 16 އާއި 17 ގްރާމާ ދެމެދުގެ މިންވަރަކަށް ޕްރޮޓީން ހިމެނެއެވެ. މިއީ ކަސްރަތު ކުރާ މީހުންނާއި ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް އެކަށީގެންވާ މިންވަރެކެވެ.
މީގެ އިތުރުން، އީވިއާ ޔޯގަޓްގެ އާ އުފެއްދުމެއް ކަމަށްވާ ގްރީކް ޕްރޯ ލައިންގައި ހަށިގަނޑަށް ފައިދާހުރި ލައިވް ކަލްޗާސް ނުވަތަ ޕްރޯބަޔޮޓިކްސް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. މީގެ ތެރޭގައި އެސިޑޯފިލަސް އާއި ބިފިޑަސް ފަދަ ބެކްޓީރިއާތަކުގެ އިތުރުން ބީބީ-12 ހިމެނެއެވެ. މިއީ މައިދާގެ ސިއްހަތު ރަނގަޅުކޮށްދީ، ހަޖަމުކުރުމުގެ ނިޒާމު ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ މުހިންމު މާއްދާތަކެކެވެ.
އީވިއާ ޔޯގަޓަކީ އޭގެ އަސްލު ރަހަ ނުގެއްލޭ ގޮތަށް، ޒަމާނީ ސިއްހީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ