ތޯރިގާއި އާދަމް ޝަރީފު؛ ވަޒީރުކަމުން އިސްތިއުފާ ދިންތާ ދެ މަސް ފަހުން ސަފީރުކަމަށް

މި ސަރުކާރުގެ ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ ތޯރިގު އިބްރާހިމް އާއި އާދަމް ޝަރީފް އުމަރު ސަފީރުގެ މަގާމަށް މިއަދު އައްޔަންކުރައްވައިފި އެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގާއި ސިޓީތަކާ ގުޅޭ މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ.
ރައީސް އޮފީހުން އޭރު ބުނި ގޮތުގައި އެ ދެބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.
އެ ދެ ބޭފުޅުން ފަހުން ހަމަޖެއްސެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ.
މި ދެ ބޭފުޅުންގެ ތެރެއިން ތޯރިގު އައްޔަންކުރެއްވީ ޔޫއޭއީގައި ހުންނަވާ ސަފީރުގެ މަގާމަށެވެ. އެ މަގާމުގައި ކުރިން ހުންނެވީ ހުސެއިން މުހައްމަދު ޝަރީފު (މުންދު) އެވެ. އޭނާ އެ މަގާމުން މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ވަކިކުރެއްވުމަށްފަހު ހަމަޖައްސަވާފައިވަނީ ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމަށެވެ.
މި ސަރުކާރުގެ އަދާކުރެއްވި އާދަމް ޝަރީފް ހަމަޖެއްސެވީ ގަތަރުގެ ސަފީރުގެ މަގާމަށެވެ.
ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ މިދިޔަ އަހަރުގެ ޖޫން 29 ގައެވެ. ނަމަވެސް މިހާތަނަށް އެ ގައުމަށް ރާއްޖެ އިން ސަފީރަކު އަދި ކަނޑައަޅާފައެއް ނުވެ އެވެ. އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އައްުޔަން ކުރުމާ އެކު، އޭނާއަކީ އެ ގައުމަށް ރާއްޖެ އިން ކަނޑައެޅި ފުރަތަމަ ސަފީރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ