ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އަހްމަދު ރަޝީދު އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރްހޫމުގެ ޢާއިލާއަށް ތައުޒިޔާ ދަންނަވާކަމަށެވެ.
ރައީސް އިތުރަށް ފާހަގަކޮށްފައިވަނީ، އަހްމަދު ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ތަހްމަތުގައި އަބްދުމެ އޮތުމަށް ދުއާ ކުރައްވާ ކަމަށެވެ.
އަހްމަދު ރަޝީދުވަނީ މަޖިލީހުގެ 18 ވަނަ ދައުރުގައި ޕީޕީއެމްގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވައިފައެވެ. އަދި މަޖިލީހުގެ މަސައްކަތްތަކުގައި ހީވާގިކޮށް އުޅުނު އަހްމަދު ރަޝީދުވަނީ، ފައިނޭންސް ކޮމިޓީއާއި 241 ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުންވެސްވަނީ މަސައްކަތްކޮށްފައެވެ.
ކުރީގެ މެމްބަރު އަހްމަަދު ރަޝީދު ނިޔާވުމާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ