އުރީދޫ 'އެވީ' ތައާރަފުކޮށްފި

އުރީދޫ މޯލްޑިވްސްގެ އެޕްގައި ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ އާ އޮޓޯ ޕޭ ފީޗާއެއް ތައާރަފުކޮށްފަ އެވެ.
އޭއައި އެސިސަންޓެއްގެ ގޮތުގައި "އެވީ" ގެ ނަމުގައި ތައާރަފުކުރި މި ފީޗާގެ ސަބަބުން ކޮންމެ މަހަކު ދައްކަން ޖެހޭ ފައިސާ ނުވަތަ ކުރަން ޖެހޭ ރީޗާޖްތައް ހަނދާނުގައި ބަހައްޓަން ކުރަން ޖެހޭ މަސައްކަތުން ސަލާމަތްވެ، މެދުކެނޑުމެއް ނެތި ހިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
View this post on Instagram
A post shared by Ooredoo Maldives (@ooredoomaldives)
މީގެ އިތުރުން، އޮޓޯޕޭގެ އެކި އޮޕްޝަންތަކުގެ ތެރެއިން ބޭނުންވާ ގޮތެއް އިހްތިޔާރުކޮށް، އޮޓޮމެޓިކުން ކުރާ މުއާމަލާތްތައް އުރީދޫ އެޕް މެދުވެރިކޮށް ސީދާ މެނޭޖްކުރުމުގެ ގާބިލުކަން ލިބޭނެ އެވެ.
މިއީ ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދީ، ކަސްޓަމަރުންނަށް ފަސޭހަކަމާއި އިތުރު ބާރުވެރިކަން ހޯދައިދޭނެ ކަމެއް ކަމަށްވެސް އުރީދޫން ބުންޏެވެ.
View this post on Instagram
A post shared by Ooredoo Maldives (@ooredoomaldives)
އުރީދޫ އިން ބުނީ ކުރިއަށް އޮތް ތަނުގައި "އެވީ" ގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކާއި އާ ފީޗާތައް ތައާރަފުކުރަމުން ދާނެ ކަމަށެވެ.
އުރީދޫ ވެބްސައިޓް މެދުވެރިކޮށް "އެވީ" އާ މިހާރު ޗެޓްކޮށްލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ