ދުބާއީގައި ދުޅަހެޔޮކަމާއެކު މީހުން ދިގު މުއްދަތަކަށް ދިރިއުޅުމަށް އެހީތެރިވެދޭނެ ޚާއްސަ އިދާރާއެއް އުފައްދައިފި
ދުބާއީން މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮކަމާއެކު ދިގު މުއްދަތަކަށް ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވެދޭނެ ޚާއްސަ އިދާރާއެއް އުފައްދައިފިއެވެ. ދުބާއީގެ ރޫލާ އަދި ޔޫއޭއީގެ ނައިބު ރައީސް ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމް އިފްތިތާހް ކޮށްދެއްވި މި އިދާރާއަކީ، އެ ގައުމުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮކަމާއެކު ދިގު މުއްދަތަކަށް ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް އެހީވެދޭ ޚާއްސަ އިދާރާއެކެވެ. "ދުބާއީ އޮތޯރިޓީ ފޯ ހެލްތީ ލޮންޖެވިޓީ" ގެ ނަމުގައި އުފެއްދެވި މި އިދާރާގެ މައިގަނޑު މަގްޞަދަކީ ދުބާއީއަކީ ސިއްޙީ ދާއިރާއިންނާއި ދުޅަހެޔޮ ސިއްހަތެއްގައި މީހުންގެ އުމުރު ދިގުކުރުމާ ބެހޭ ސައިންސްގެ ދާއިރާއިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަރުކަޒަށް ހެދުމެވެ. މި އާ އިދާރާގެ ރައީސެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ދުބާއީގެ ވަލީއަހުދު، ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް ޑިފެންސް ޝެއިޚް ޙަމްދާން ބިން މުޙައްމަދު ބިން ރާޝިދު އަލް މަޚުތޫމްއެވެ. https://sun.mv/221442 ޝެއިޚް މުޙައްމަދު ބިން ރާޝިދު ވިދާޅުވި ގޮތުގައި ގައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ އެ ގައުމެއްގެ ރައްޔިތުން ކަމަށާއި، އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރަންޖެހެނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި، އުފެއްދުންތެރިކަން އިތުރުކުރުމަށެވެ. މި އޮތޯރިޓީން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރާނީ އިންސާނާގެ އުމުރު ދިގުކުރުމާ ގުޅޭ ފަރުވާތަކާއި، ބަޔޯޓެކްނޮލޮޖީ އަދި މެޑިކަލް އިނޮވޭޝަންތަކަށް ޚާއްޞަ ގާނޫނީ އަދި އިދާރީ އޮނިގަނޑެއް އެކުލަވައިލުމަށެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ސައިންސްވެރިންނާއި، ސިއްޙީ މާހިރުން ދުބާއީއަށް ގެނެސް، މި ދާއިރާއިން އާ އިންވެސްޓްމަންޓްތައް ގައުމުގެ އިގްތިޞާދަށް ގެނައުމަކީވެސް މި އިދާރާގެ ބޮޑު އަމާޒެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެވްރެޖް އުމުރަކީ 73 އަހަރު ނަމަވެސް، ޔޫއޭއީގައި ދިގު މުއްދަތަކަށް ބަލިތަކާ ދުރުގައި ދުޅަހެޔޮކަންމަތީ އުޅެވެނީ އެވްރެޖްކޮށް 66 އަހަރަށެވެ. ދުބާއީގެ އިގްތިޞާދީ އަދި ފަތުރުވެރިކަމުގެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ސައީދު އަލްމައްރީ ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ދުބާއީގެ އިގްތިޞާދީ އެޖެންޑާ (ޑީ33) އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ