ބުރުޒު ކެމްޕޭނުގެ ބޮޑު އިނާމަކަށް 75 އިންޗީގެ ސްމާޓް ޓީވީއެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ބުރުޒު އިންވެސްޓްމަންޓް ގުޅިގެން، ފީފާ ވޯލްޑް ކަޕް 2026 އާ ދިމާކޮށް ޚާއްސަ އިނާމުތަކެއް ލިބޭ "ޕޭ ވިތް އެމްއައިބީ. ޗިއާ އެންޑް ވިން!" ބުރުޒު ކެމްޕޭން ފަށައިފިއެވެ. އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނަކީ ވޯލްޑް ކަޕް ސީޒަނުގައި ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ހިންގާ ހަރަކާތެއް ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ. އެމްއައިބީން ބުނީ މި ކެމްޕޭނުގައި ބައިވެރިވެވޭނީ ބުރުޒުގެ އައުޓްލެޓްތަކުން ވިޔަފާރިކޮށް، އެމްއައިބީގެ ޕީއޯއެސް ޓާމިނަލްތައް ބޭނުންކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ކަމަށެވެ. އެގޮތުން ޝަރުތު ހަމަވާ ކޮންމެ މުއާމަލާތަކަށް ކަސްޓަމަރުންނަށް ކޫޕަނެއް ލިބޭނެ ކަމަށާއި ކަސްޓަމަރުންނަށް އެ ކެމްޕޭނުގައި ބައިވެރިވެވޭނީ އެ ކޫޕަން މެދުވެރިކޮށް ވޯލްޑް ކަޕްގެ މެޗުތަކުން މޮޅުވާނެ ޓީމުތައް ދިމާކޮށްގެން ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ. މީގެ އިތުރުން ބުރުޒުގެ ކޮންމެ އައުޓްލެޓެއްގެ ލީޑާބޯޑުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށާއި އެމްއައިބީގެ ކާޑުތައް ބޭނުންކޮށްގެން އެމްއައިބީ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދައްކާ ކަސްޓަމަރުންނަށް އިތުރު ދެ ބޯނަސް ޕޮއިންޓް ލިބޭނެ ކަމަށް އެމްއައިބީއިން ބުނެއެވެ. އެމްއައިބީން ބުނީ މި ކެމްޕޭނުގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ހުށަހެޅިފައިވަނީ 75 އިންޗީގެ ސްމާޓް ޓީވީއެއް ކަމަށެވެ. މުޅި ކެމްޕޭން ނިމުމުން ނަސީބުވެރި ދެ ފަރާތެއް ހޮވައި ކޮންމެ ފަރާތަކަށް 75 އިންޗީގެ ސްމާޓް ޓީވީއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ. އެމްއައިބީން ވަނީ ހުރިހާ ކަސްޓަމަރުން ވެސް އެ ބޭންކުގެ ޕީއޯއެސްތައް މެދުވެރިކޮށް ފައިސާ ދައްކައި ފުޓުބޯޅަ އީދުގެ މި ފޯރިގަދަ ކެމްޕޭނުގައި ބައިވެރިވުމަށް ހިތްވަރު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ