ސިޔާސީ މީހުންގެ މުސާރަ މިވަގުތު ބޮޑުކުރަން އިގުތިސާދު ތަނެއް ނުދޭ: ޝުޖާއު
ސިޔާސީ މީހުންގެ މުސާރަ މިވަގުތު ބޮޑުކުރަން ގައުމުގެ އިގުތިސާދު ތަން ނުދޭ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.ގަރާރުގައި ފާހަގަކުރި ކަންކަން1- ކައުންސިލް ރައީސްގެ މުސާރަ، ސެކްރެޓަރީ ޖެނެރަލްގެ މުސާރައަށްވުރެ ކުޑަ.2- ކައުންސިލް ނައިބު ރައީސްގެ މުސާރަ، ކައުންސިލް އެގްޒެކެޓިވެއްގެ މުސާރައަށްވުރެ ކުޑަ.3- ކައުންސިލް މެންބަރުންގެ މުސާރަ، ކައުންސިލްގެ ބައެއް މުވައްޒަފުންގެ މުސާރައާއި އިނާޔަތަށްވުރެ ކުޑަ."ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ ކައުންސިލަރުންގެ މުސާރަ، ކައުންސިލް އިދާރާގެ އާންމު މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަކޮށް އޮތުމަކީ، ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއްކަމަށް ބެލުމަށް މެދުވެރިވާ ސަބަބެއް،" މީކާއީލްގެ ގަރާރުގައި ބުނެފައިވެ އެވެ.މީގެ އިތުރުން، ކައުންސިލަރުންނަކީ ސައުވީސް ގަޑިއިރު ތެރޭގައި ދިމާވެދާނެ ކޮންމެ ފަދަ ހާލަތެއްގައި ވެސް އެންމެ ފުރަތަމަ ނިކުމެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެން ތިބޭ ބަޔަކަށް ވީ ނަމަވެސް އިތުރު ގަޑީގެ އިނާޔަތްވެސް ލިބޭ ބަޔަކަށް ނުވާތީ ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަންޖެހޭ ކަމަށް ދެކޭ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.މިއަދުގެ ޖަލްސާ އަށް މި ގަރާރަށް ކުރި ބަހުސްގައި އެ ގަރާރާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެއް މެންބަރަކީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. "މި ގަރާރަށް އަޅުގަނޑުމެން ތާއީދު ނުކުރާ ސަބަބަކީ މީގެ ނިޔަތް ގޯސްވުން. މި ގައުމު [ގައުމުގެ އިގުތިސާދު] ތަނެއް ނުދޭ މިވަގުތު ސިޔާސީ މީހުންގެ މުސާރަތައް ބޮޑުކުރާކަށް. އެހެން ނަމަވެސް އަޅުގަނޑު ކުރިން އިޝާރާތްކުރި ފަދައިން މިއީ އަޅުގަނޑުމެން ޖުމްލަ ގޮތެއްގައި ތާއީދުކުރާ ކަމެއް. އެކަން އިރާދަކުރެއްވިއްޔާ މި ދައުރުގައި ދެކޭނެ ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން،" ޝުޖާއު ވިދާޅުވި އެވެ.އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީގެ މެންބަރަކު އެ ގަރާރު ހުށަހެޅުއްވީ ހެޔޮ ނިޔަތެއް ނެތި އެވެ. ނަމަވެސް ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަކީ ޕީއެންސީން ޖުމްލަ ގޮތެއްގައި ތާއީދުކުރާ ކަމެއް ކަމަށާއި މި ދައުރު ނިމުމުގެ ކުރިން އެ ބަދަލު ގެންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ