މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ގޭސް ވިއްކާ އަގު ބޮޑުކޮށްފި

މޯލްޑިވް ގޭހުން ވިޔަފާރިތަކަށާއި ރިސޯޓުތަކަށް ގޭސް ވިއްކާ އަގު ބޮޑުކޮށްފި އެވެ.އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބަދަލު ގެނައީ ރިސޯޓުތަކާއި ކެފޭ އަދި ހޮޓާތަކަށް ވިއްކާ ގޭހުގެ އަގަށެވެ. ނަމަވެސް، ގޭބިސީތަކަށް ވިއްކާ ގޭހުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.އަލަށް ގެނައި ބަދަލުތަކާއެކު، 45 ކިލޯގެ ގޭސް ފުޅިއެއްގެ އަގު ވަނީ 25 ޕަސެންޓް ބޮޑުކޮށްފަ އެވެ. އަދި 22 ކިލޯގެ ފުޅިއެއްގެ އަގު 15 ޕަސެންޓަށް ބޮޑުކޮށްފައިވެ އެވެ.  އަގުތައް އެންމެ ބޮޑުކޮށްފައިވަނީ ވެސް ރިސޯޓުތަކަށެވެ. ރިސޯޓުތަކަށް ގޭސް ވިއްކާ އަގު އަގު 25 ޕަސެންޓް ބޮޑުކުރިއިރު، ކެފޭ/ރެސްޓޯރެންޓް އަދި ހޮޓާތަކަށް ގޭސް ވިއްކާ އަގުން ބޮޑުކޮށްފައިވަނީ 15 ޕަސެންޓެވެ. މީގެ އިތުރުން 22 ކިލޯގެ ފުޅިއަށް ގޭސް އަޅައިދޭ އަގު ވެސް ވަނީ %14 ބޮޑުކޮށްފަ އެވެ.މޯލްޑިވް ގޭހުގެ ބެލެނިވެރި ކުންފުނި އެސްޓީއޯ އިން ބުނީ ރިސޯޓު، ކެފޭ، ހޮޓަލް އަދި ކޮމާޝަލް ކަސްޓަމަރުންނަށް ގޭސް ފުޅި ރިފިލްކޮށްދޭ އަގު ބޮޑުކުރި ނަމަވެސް އާންމު ގޭބީސީތަކުގައި ބޭނުންކުރާ ގޭސްފުޅީގެ އަގަށް ބަދަލު ނުގެންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ