ދޯންޏެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
ކ. ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހައިލި، "ލިއޯ" ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ."ލިއޯ" ނަމަކަށް ކިޔާ ދޯނި ބަންޑުން ޖަހާލިިއިރު ހަ މީހަކު ކަނޑުވި އެވެ. އޭގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފުން އައީ ހޯދަމުންނެވެ.އެމްއެންޑީއެފުން ބުނި ގޮތުގައި އޭނާ ފެނުނީ، ހޯދުމުގެ މަސައްކަތަށް ތުލުސްދޫން ނުކުތް މީހުންނަށެވެ. އޭރު އޮތީ މަރުވެފަ އެވެ.މަރުވި މީހާގެ މައުލޫމާތެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ