ހދ. ކުޅުދުއްފުށި ސިޓީގައި 2000 ހައުސިން ޔުނިޓް ގާއިމުކޮށް އިސްލާމީ މަރުކަޒަކާއި ސިޓީ ހޮޓަލެއް އިމާރާތް ކުރަން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވަނީ އެ ސިޓީގައި 2000 ހައުސިން ޔުނިޓް ގާއިމު ކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. މި މަސައްކަތް ހަވާލުކުރީ އެޗްޑީސީއާ އެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއުގެ ދަށުން 700 ޔުނިޓް އަޅާނީ މީހުންގެ ގޯތީގައި ކަމަށެވެ. ބާކީ ހައުސިން ޔުނިޓްތައް ކައުންސިލުން ކަނޑައަޅާ ތަންތަނުގައި ކަމަށް ވިދާޅުވި އެވެ. އެޗްޑީސީން މި މަޝްރޫއު ކުރިއަށް ގެންދާނީ މިހާރު ހުއްޓިފައިވާ ހައުސިން މަޝްރޫއުތައް ވެސް ކުރިއަށް ގެންދާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ މި އަހަރުގެ ތެރޭގައި އެ ސިޓީގައި އިސްލާމީ މަރުކަޒެއް ބިނާާކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި ސިޓީ ހޮޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށް އިއުލާނު ކުރެއްވި އެވެ. އެކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ބިން ކައުންސިލުން ހަވާލުކުރިހާ އަވަހަށް އެ މަޝްރޫއުއަށް ހުޅުވާލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުޅުދުފުއްޓަށް 2000 ހައުސިން ޔުނިޓާއި އިސްލާމީ މަރުކަޒަކާއި ސިޓީ ހޮޓަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ