ކޮންމެ ރަށަކަށް މީހަކު ނުފޮނުވުނަސް ވާހަކަދެއްކުންތެރިކަން ކުރިއެރުވޭނީ ލޯތްބާއި ޝައުގު ހުރެގެން: އަޝްރަފް
ވާހަކަދެއްކުންތެރިއަކު ކޮންމެ ރަށަކަށް ފޮނުވުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް، ވާހަކަދެއްކުންތެރިކަން ކުރިއެރުވުމަށް ބޭނުންވަނީ ދިވެހި ބަސް ދެކެ ލޯބިވުމާއި، ބަހަށް އޮތް ގަދަރާއި ޝައުގުވެރިކަން ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ރޭ ވިދާޅުވެއްޖެއެވެ. އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތް ފެށުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ ދިވެހިބަހާއި، ދިވެހީން ބީރައްޓެހި ވާހަކައަކީ އަބަދުވެސް މީހުން ދައްކާ ވާހަކައެއް ކަމަށެވެ. އެހެން ނަމަވެސް ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކުރާ މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު މަދުނުވާ ކަމަށް ވިދާޅުވެ، އެއީ "އުފާވެރިކަމުގެ ނިޝާނެއްގެ"ގޮތުގައި އަޝްރަފް ސިފަކުރެއްވިއެވެ. މި އަހަރުގެ މަޒުމޫނު ލިއުމުގެ މުބާރާތާއި، ވާހަކަދެއްކުމުގެ މުބާރާތާއި، ޅެން ހެދުމުގެ މުބާރާތް ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވައިލިއިރު 2،600 ދަރިވަރުން ބައިވެރިވި ކަމަށާއި، އެއީ ކުޑަ އަދަދެއް ނޫން ކަމަށް އަޝްރަފް ވިދާޅުވިއެވެ. ހަމައެއާއެކު އަތުލިއުމުގެ މުބާރާތުގައި މިފަހަރު 500އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށާއި، އޭގެން ވެސް އެނގެނީ ތާނަ އަކުރަށް އޮތް ލޯބި ވެސް އިތުރުވާކަން ކަމަށް އަޝްރަފް ވިދާޅުވިއެވެ. މިކަމުން އެނގެނީ ދަރިވަރުން އެބަ މިކަމަށް އެދޭކަން. އަދި މިކަމަށް އެދި ބަޔަކު މަސައްކަތް ވެސް އެބަ ކުރައްވާކަން، ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް އެކަންކަން ފާހަގަކުރައްވައި އަޝްރަފް ވިދާޅުވީ ދެން ވިސްނަންވީ އެ ކަންކަން ދެމެހެއްޓުމަށެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް، ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް އެހެންނަމަވެސް މީހުން ދިރިއުޅޭ ރަށްރަށަށް ވާހަކަދެއްކުމުގެ ހުނަރު ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ވާހަކަދެއްކުންތެރިކަމުގެ ފަންނުވެރިން ތިބި ނިސްބަތާ އަޅާ ބަލާއިރު އެހާ ފަސޭހަކަމެއް ނޫން ކަމަށް އަޝްރަފް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ 190 ރަށަށް 190 ވާހަކަދެއްކުންތެރީން ފޮނުވާނީ ކިހިނެއްތޯ އަޝްރަފް ވަނީ ސުވާލުއުފައްދަވާފައެވެ. އެހެންނަމަވެސް މިކަމަށް ލޯބި ކުރައްވާ މިކަމަށް ހަށިގަނޑުގެ ލެޔާއި ފުރާނައިން ގުރުބާންވާން ތައްޔާރަށް ތިބި ކުދިންކޮޅެއް އެބައުޅޭ. ޒުވާނުންކޮޅެއް އެބަ އުޅޭ. ހިލޭ ސާބަހަށް ރަށްރަށަށް ގޮސް އެ ރަށްރަށުގަ ވާހަކަދެއްކުންތެރިކަން ފަރިތަކޮށްދޭ އެބަ. ސްކޫލްތަކަށް އެބަ ފަރިތަކޮށްދޭ. ބައެއް ރަށްރަށުގެ ސްކޫލްތަކުން އެ ފަރާތްތަކަށް އެ އޮންނަ ޑިމާންޑް ނުވަތަ ބޭނުންވާ މިންވަރު ފުޅާވެގެން ދާ ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ. އެކަޑެމީއަށް ވެސް އެ ހުށަހެޅުންތައް އެބަ އާދޭ،ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ކޮންމެ ރަށަކަށް ވާހަކަދެއްކުންތެރިއަކު ނުފޮނުވުނު ނަމަވެސް ލިބޭ އުފަލަކީ ބަހަށް އޮތް ލޯތްބާއި، ވާހަކަދެއްކުންތެރިކަމަށް އޮތް ގަދަރާއި އެއަށް ބައެއްގެ ހިތުގައި އޮތް ޝައުގުވެރިކަން ކަމަށް އަޝްރަފް ވިދާޅުވިއެވެ. https://sun.mv/210495 އަޝްރަފް ވަނީ ބޮޑެތި ޚަރަދުކޮށްގެން ބެލެނިވެރިންނާއެކީ ދަރިވަރުން މުބާރާތުގައި ބައިވެރިވާން ރަށްރަށުން މާލެ އަންނަކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން އެ ނޫން ބަދަލުތައް ގެނެސް، އަތޮޅުތަކަށް މުބާރާތް ފުޅާކުރެވޭނެ ގޮތްތައް ހޯދަމުންދާކަމަށް އަޝްރަފް ވިދާޅުވިއެވެ. ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި 26 ސްކޫލަކުން ވާދަކުރާއިރު، އަމިއްލަ ގޮތުންނާއި އޮފީސްތަކަށް ވެސް ބަހުސްކުރުމުގެ ބައިގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ. ދިވެހިބަހުގެ އެކެޑަމީން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނީ، މި މުބާރާތް މިދިޔަ ހޯމަ ދުވަހު ފަށައި، އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. ވާހަކަދެއްކުމުގެ ގައުމީ މުބާރާތަކީ ވަރަށް ގިނަ ސްކޫލުތަކަކުން އިންތިޒާރުކުރާ ވާދަވެރި މުބާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ