ބީއެމްއެލްއިން މުޅި ހދ. އަތޮޅަށް އޭޓީއެމް ހިދުމަތް މިހަފްތާގައި ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 'މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ހދ. ފިނޭގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް އިއްޔެ ގާއިމުކޮށް، މި ހަފްތާގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ދޭން ތައްޔާރުވެއްޖެ އެވެ.
ތަފްސީލް - ފިނޭގައި އޭޓީއެމްގެ ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ:
ރައީސް މުހައްމަދު މުއިއްޒު 
ވަޒީރުން 
ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް 
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް 
ބީއެމްއެލްގެ އިސްބޭފުޅުން
ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކުގެ އަމާޒަކީ މި ހަފްތާ ތެރޭގައި ހދ. އަތޮޅުގެ އިތުރު 10 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުމެވެ.
ބުނީ ކީކޭ؟ - "ފިނޭ އާއި މި އަތޮޅުގެ އެހެން ރަށްތަކުގައި އޭޓީއެމް ވިއުގަ ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓަކީ މުޖުތަމައުތަކަށް ވީހާ ވެސް ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސއްކަތުގެ ހެއްކެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
"މިހާރު މިރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި 24 ގަޑިއިރު އޭޓީއެމްގެ ހިދުމަތް ލިބޭނެ."
20 އަތޮޅުގައި 41 ބްރާންޗު 
146 ސެލްފް ސާވިސް ބޭންކިން ސެންޓަރު
204 އޭޓީއެމް 
އޭޖެންޓު ބޭންކިންގެ ހިދުމަތް 
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ