ސެޕްޓެމްބަރަށް ނިންމަން ބުނި ހަނިމާދޫ އެއާޕޯޓު ނިމޭނީ ނޮވެމްބަރަށް ކަމަށް މުއިއްޒު ވިދާޅުވެއްޖެ ސެޕްޓެމްބަރަށް ނިންމަން ބުނި ހަނިމާދޫ އެއާޕޯޓު ނިމޭނީ ނޮވެމްބަރަށް ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ސެޕްޓެމްބަރު މަހު ނިމޭނެ ކަމަށް ސަރުކާރުން ބުނި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމޭނީ ނޮވެމްބަރަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހަނިމާދޫގައި ހުންނަވާ މުއިއްޒު މިހެން ވިދާޅުވިއިރު، އެ ރަށުގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ވެސް ހަލުވި ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު މަސައްކަތްތައް ދަނީ ކުރިއަށް ވުރެ ބާރަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހަލުއިކޮށް މިގެންދަނީ. މިހާރު މިގެންދާ ސްޕީޑުގައި ގެންގޮސް ވަރަށް އަވަހަށް ނިންމާނަން. އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ ހަމަ އެންމެ ލަސްވެގެން ނޮވެމްބަރު މަހުގެ ތެރޭގައި އެއާޕޯޓު ފުރިހަމައަށް ބޭނުން ކުރެވޭ ގޮތަށް ނިންމާ ހުޅުވުން."
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ހަލުވި ވެއްޖެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، މިދިޔަ މަހު 1 ގައި، ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސެޕްޓެމްބަރަށް ނިމޭނެ ކަމަށެވެ. އޭރު މުޅި މަޝްރޫއުގެ 88.7 ޕަސެންޓު ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު އެއާޕޯޓުގައި ބީއެމްއެލްގެ ކައުންޓަރެއް ބަހައްޓައި، ފުރާ ފަސިންޖަރުންނަށް ބޭންކް ރޭޓުގައި ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
އޭގެ އިތުރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމޭއިރަށް ހަނިމާދޫގައި ޕާސްޕޯޓު ހިދުމަތާއި އައިޑީކާޑު ހިދުމަތް ލިބޭނެ ހިދުމަތް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސަން މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލްގެ 83 ޕަސަންޓުގެ މަސައްކަތް ނިމިފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހޭންގާ އަދި ކާގޯ ބިލްޑިންގެ 96 ޕަސަންޓުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް މުއްތަލިބު ކުރިން ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަލަށް 42،000 އަކަމީޓަރު ހުންނަ އޭޕްރަންއެއް ވަނީ ގާއިމުކޮށްފަ އެވެ. އެތަނުގައި އެއްފަހަރާ ހަ ޖެޓް ޕާކް ކޮށްފައިވެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. މި އެއާޕޯޓުގައި އެއާބަސް އޭ320 އަދި ބޯއިން 737 މަރުކާގެ މަތިންދާބޯޓުތައް ޖެއްސޭ ވަރުގެ 2.46 ކިލޯމީޓަރުގެ ރަންވޭއެއް ގާއިމުކުރާނެ އެވެ. ހަނިމާދު އެއާޕޯޓު އަޕްގްރޭޑިން ނިމުމުން އެ އެއާޕޯޓުން އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ