ހަތަރު އަހަރަށް ފަހު އެމާ ޔޫއެސް އޯޕަންގައި ހޯދީ ރެކޯޑް މޮޅެއް ހަތަރު އަހަރަށް ފަހު އެމާ ޔޫއެސް އޯޕަންގައި ހޯދީ ރެކޯޑް މޮޅެއް

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 25) - ހަތަރު އަހަރު ތެރޭ، އިނގިރޭސި ޓެނިސް ކުޅުންތެރިޔާ، އެމާ ރަޑުކާނޫ، ޔޫއެސް އޯޕަންގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވިއިރު، ރެކޯޑެއް ހާސިލްކޮށްފި އެވެ.
ގިނަ ބަޔެއްގެ ލޮލުގައި އެމާ، އަޅައިގަތީ، އުމުރުން 18 އަހަރުގައި، 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ސެޓެއް ވެސް ނުގެއްލި ހޯދުމާ ގުޅިގެންނެވެ.
އެ ފަހަރުގެ ޔޫއެސް އޯޕަންގެ ކޮލިފައިން ބުރުން ހޮވިގެން ގޮސް ޗެމްޕިއަންކަން ހޯދުމާ އެކު އެ ކާމިޔާބީ އިތުރަށް ހާއްސަވީ ރެކޯޑަކާ އެކު އެވެ. އެކަމަކު، އޭގެ ފަހުން އެމާގެ ކެރިއަރު މަޑުޖެހި، ޔޫއެސް އޯޕަންގައި އޮތީ މެޗަކުން މޮޅުނުވެވި އެވެ.
އެމާ ވަނީ މި ފަހަރުގެ ޔޫއެސް އޯޕަންގެ ކޮލިފައިން އިން އައި، އެނާ ޝިބަހާރާ އަތުން 6-1، 6-2 އިން މޮޅުވެފަ އެވެ. އެ މެޗު 62 މިނިޓުން ނިމުނުއިރު، މިއީ، އެމާގެ ކެރިއަރުގައި ގްރޭންޑް ސްލޭމް މުބާރާތެއްގެ މެއިން ޑްރޯގައި އެންމެ އަަވަހަށް މޮޅުވި މެޗެވެ.
"އާދިއްތަ ދުވަހުގެ ޝެޑިއުލް ފެނުނީމަ، ހިތަށް އެރި ފުރަތަމަ މެޗު ފުރަތަމަ ދުވަހުގެ 11 ޖަހާއިރު އޮތީމަ، އަހަރެން ބޭނުމެއް ނޫނޭ 12:30 ވާއިރު މުބާރާތުން ކަޓާފައި ހުންނަން. އެއީ އަހަރެން ސިކުނޑީގައި އޮތް ކަމަކީ،" ދުނިޔޭގެ ރޭންކިންގެ 35 ވަނައިގައި މި ވަގުތު އޮތް އެމާ ބުންޏެވެ.
ދެ ވަނަ ބުރުގެ މެޗުގައި، އެމާ ކުޅޭނީ ބުދަ ދުވަހު، ޖެނީސް ޓީޖެންއާ އެވެ.
މި ފަހަރުގެ ޔޫއެސް އޯޕަންގައި ސަަބަލެންކާ ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް
އެންމެ ފަހުގެ ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަން، އަރީނާ ސަބަލެންކާ ވަނީ ވަރުގަދަ މޮޅަކުން މި ފަހަރުގެ މުބާރާތް ފަށައިފަ އެވެ.
އެ ގޮތުން، ސްވިޒަލެންޑްގެ ރެބެކާ މަސަރޯވާ އަތުން ސަބަލެންކާ މޮޅުވެފައިވަނީ 7-5، 6-1 އިންނެވެ.
ތިން ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ސަބަލެންކާ މަސައްކަތްކުރަމުން އަންނަނީ، 2014 ވަނަ އަހަރު ސެރީނާ ވިލިއަމްސް އަށް ފަހު، ޔޫއެސް އޯޕަން ތަށި ދިފާއުކުރާ ފުރަތަަމަ އަންހެން ކުޅުންތެރިޔާގެ ޝަރަފް ހޯދުމަށެވެ. ސަބަލެންކާ ވަނީ 2023 އާއި 2024 ވަަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފަ އެެވެ.
މި ފަހަރުގެ ޓެނިސް ސީޒަނުގައި، ސަބަލެންކާ އަށް ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ހިތި ތަޖުރިބާތަކެއް ވަނީ ކުރަން ޖެހިފަ އެވެ. މި އަހަރުގެ ފުރަތަމަ ތިން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ސަބަލެންކާ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ފައިނަލުން ބަލިވިއިރު، އެންމެ ފަހުން، ކުރިއަށްދިޔަ ވިިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ސަބަލެންކާ ވަނީ ބަލިވެފަ އެވެ.
ޔޫއެސް އޯޕަންގައި ސަބަލެންކާ ދެން ކުޅޭ މެޗުގައި، ނުކުންނާނީ ޕޮލީނާ ކުޑެރްމެޓޯވާއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ