ނިމި ދިޔަ ދައުރުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާތަަކަށް ހާޒިރުވެވަޑައިނުގަތީ އޭނާ އަކީ ހައިރިސްކް ބޭފުޅަކަށްވާތީ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެންބަރުން ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ގާސިމް މަޖިލީހަށް ހާޒިރުވެވަޑައިނުގަތް ސަބަބު ހާމަކުރައްވާފައިމިވަނީ އޭނާ މަޖިލީހަށް ހާޒިރުނުވެ މުސާރަ ނަގާކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަމުން އައި ދަނޑިވަޅެއްގައެވެ.
މިދިޔަ ދައުރު މަޖިލީހަށް ވަޑައިނުގަތީ ހައި ރިސްކް މީހަކަށްވީމަ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ