ތުރުކީން ހަދިޔާކުރި މިސައިލް ފޮނުވާ މަނަވަރު ރާއްޖެއާ ހަވާލުކޮށްފި

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ރޭ ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު އެމްއެންޑީއެފާ ހަވާލުކުރީ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ، މިރެއަކީ އެމްއެންޑީއެފްގެ ގާބިލްކަން ކުރިއަރައިގެންދާ ރެޔެއް ކަމަށެވެ.އަދި މިއީ 17 ނޮވެމްބަރު 2023ގައި ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ރައީސް މުއިއްޒު ކުރެއްސެވި ރަތް ރޮނގު އިތުރަށް ފަވާލަދެއްވާ ރެޔެއްކަމަށެވެ.މީގެ އިތުރުން 1980 ވަަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު އަސްކަރިއްޔާގެ ކަނޑުގެ ބާރު ފެށިއިރު ހުރި ވަސީލަތްތަކާ އަޅައިކިޔާއިރު މިއަދު މި ޚިދުމަތް ތަރައްގީވެފައިވާ މިންވަރު ވަރަށް ބޮޑު ކަމަށް ޣައްސާން ވިދާޅުވިއެވެ. އެއާއެކު ޣައްސާން ވަނީ މި ޚިދުމަތް ތަރައްގީ ކުރުމަށް މިއަދާ ހަމައަށް މަސައްކަތް ކޮށްދެެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދައިކުރައްވައިފައެވެތުރުކީން ރާއްޖެއަށް ހަދިޔާކުރީ TCG Volkan (P-343) ނަމަކަށް ކިޔާ އަސްކަރީ މަނަވަރެކެވެ. އެއީ ތުރުކީ ނޭވީއަށް 1981ވަނަ އަހަރުގެ މޭ މަހު ޚިދުމަތަށް ނެރުނު ބޯޓެކެވެ. މި ބޯޓަށް މިދިޔަ އަހަރު 43 އަހަރު ވުމާއެކު ވަނީ ޓެސްޓުތައް ހެދުމަށާއި، ޓްރެއިނިންތަކަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ.ޑޯގަން ކްލާހުގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނަށް ނިސްބަތްވާ ބޯޓު ފަރުމާކުރުންތެރިއެއް ކަމަށްވާ ލާރްސަން ވާފްޓެވެ.ޓީސީޖީ ވޯލްކަންގެ ޓެކްނިކަލް ސްޕެސިފިކޭޝަން:ދިގުމިން: 58.1 މީޓަރުބީމް: 7.62 މީޓަރުޑްރާފްޓު: 2.74 މީޓަރުދުވެލި: ގަޑިއަކު 70 ކިލޯމީޓަރާ ހަމައަށްރޭންޖު: 1،940 ކިލޯމީޓަރުފަޅުވެރިން: 45 މީހުންމަނަވަރުގައިހުރި ހަތިޔާރު ސިސްޓަމްތަކާއި ސެންސަރުތައް:2x ހާޕޫން އެންޓި ޝިޕް މިސައިލް (ހަތަރުގުނަ ބޮޑުކުރެވޭ)1x76mm އޮޓޯ މެލާރާ ނޭވަލް ގަން1x35mm ޓްވިން ބެރަލް އެއާ ޑިފެންސް ގަން2x7.62mm މެޝިން ގަންVM-28/41 ރާޑަރު، LIOD Mk-2 ފަޔާ ކޮންޓްރޯލް ރާޑަރުޑިކޯއީ ލޯންޗަރުއެމްއެންޑީއެފުން ބުނީ މި މަނަވަރު ބަލަހައްޓައި، އޮޕަރޭޓު ކުރާނީ ދިވެހި ސިފައިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ