ބޭނުން ނުކޮށް މާލޭގެ މަގުތަކަށް ދޫކޮށްލާފައިހުރި ގިނަ އަދަދެއްގެ އުޅަނދުތަކެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި މިރޭ ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ މިއަދު ޓޯކުރީ އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ ހުރި އުޅަނދުތަކެއް ކަމަށެވެ. އެ މަސައްކަތުގައި ހެދުނުން ފެށިގެން ޓްރެފިކް ފުލުހުންނާއި ޓޯ އުޅަނދުތައް މަސައްކަތްކުރި މަންޒަރު ވަނީ ފެނިފަ އެވެ.
މިއަދު ޓޯކުރީ 168 ސައިކަލާއި ހަތަރު ފުރޮޅުލީ 40 އުޅަނދެވެ. ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ ތަފުސީލެއް އަދި މި ތަކެއްޗާމެދު ކަންކުރާނެ ގޮތެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
އާންމުންނަށް އަދި މާލޭގެ ޓްރެފިކަށް ބާރުބޮޑުވާނެހެން ޕާކުކޮށްފައި ހުންނަ އަދި ދޫކޮށްލާފައި ހުންނަ އުޅަނދުތައް ފުލުހުން އާންމުކޮށް ޓޯކުރެ އެވެ.
އެގޮތުން މިދިޔަ މަހު އާންމު ދަތުރުފަތުރަށާއި އާންމުންނަށް އުނދަގޫ ވާނެހެން މަޖީދީ މަގާއި ސަލްމާން މިސްކިތް ކައިރީގައި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރި އެތައް އުޅަނދެއް ފުލުހުން ޓޯކުރި އެވެ.
ބޭނުން ނުކޮށް މާލޭ މަގުތަކަށް ދޫކޮށްލާފައިހުރި 200 އަށްވުރެ ގިނަ އުޅަނދު ފުލުހުން ޓޯކޮށްފި ބޭނުން ނުކޮށް މާލޭ މަގުތަކަށް ދޫކޮށްލާފައިހުރި 200 އަށްވުރެ ގިނަ އުޅަނދު ފުލުހުން ޓޯކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ