ލ. ކައްދޫގައި މަގު ހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި މީހަކު މަރުވި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟- ލ. ފުނަދޫން ގަމަށް ދަތުރުކުރި ސައިކަލަކާއި ލ. ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސްކުރި މީހެއްގެ ގައިގާ ޖެހި ހިނގި މި އެކްސިޑެންޓުގައި މަރުވީ، މަރިޔަމް މޫސާ،64، އެވެ.
މަރިޔަމް ގައިގާ ސައިކަލުން ޖެހުނީ، ކަފިހިހުރަހަކުން މަގު ހުރަސްކުރަނިކޮށެވެ. އޭނާ މަރުވީ، ލ. ގަމު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
ބުނީ ކީކޭ؟- ފުލުހުން މިރޭ ބުނިގޮތުގައި މި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރީ:
ލ. ފޮނަދޫ، ހޯރަވިލާ މުހައްމަދު ނައުސާން،37
އެއީ ސައިކަލު ދުއްވަން އިން މީހާ
އޭނާގެ ބަންދަށް ކޯޓުން މިހާރު ވަނީ 15 ދުވަސް ޖަހާފައި
ކައްދޫގައި މީހަކު މަރުވި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ