ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު ބަޔަކު ޝަހީދު ކޮށްލީ ކަމަށް އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޓްވިޓާރ ގައި ދާދި ދެންމެ އަކު ހާމަ ކުރައްވައިފިއެވެ.
2018 ވަނަ އަހަރު މޭއި މަހު، ޑރ މަޖީދު މި ދުނިޔެއާއި ވަކި ވެފައިވަނީ އުމުރުން އެންމެ 55 އަހަރުގަ އެވެ. ނަމަވެސް މިފަދަ ތުހުމަތެއް މީގެ ކުރިން އެއްވެސް ފަރާތަކުން މި މަރާއި ގުޅިގެން ކޮށްފައި ނުވެއެވެ.
މީގެ ކުރިން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. އެކަމުގައި ބައިވެރިވި ފަރާތްތައް އަދި އަދާއި ޖެހެންދެން އިންސާފުގެ ކުރިމައްޗަށް ގެނެވިފައި ނުވެއެވެ.
ޑރ ޢިަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެއެވެ.އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ.— Imran Abdulla (@ShimranAb) June 14, 2025
އަދާލަތު ޕާޓީގެ ރައީސް އިމްރާނަކީ ފާއިތުވި ދައުރުގައި ހޯމް މިނިސްޓަރ ކަން ކުރައްވާފައިވާ ފަރާތެވެ.
ބަޔަކު ޑރ. އަބްދުލް މަޖީދު ޝަހީދު ކޮށްލީ ކަމަށް އިމްރާން ވިދާޅު ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ