ހެނދުނު ހުސްބަނޑާ ހުރެ މި ތަކެތި ކެއުން ރައްކާތެރިއެއް ނޫން
ހެނދުނު ހޭލާ ގޮތަށް ހުސްބަނޑާ ހުރެ ހެނދުނުގެ ނާސްތާގައި ސިއްހަތަށް ފައިދާ ހުރި ކާނާ ހިމަނާލުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. ދުވާލުގެ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ކެއުން ކަމަށްވާ ހެނދުނުގެ ނާސްތާގައި ހިމަނާލަން ނުވާ ބައެއް ބާވަތްތައް ވެސް ހުރެއެވެ. އެއީ ހަށިގަނޑަށް ސިއްހީ ގޮތުން ފައިދާތަކެއް ލިބޭ ބާވައްތައް ކަމުގައި ވިޔަސް ހުސްބަނޑާ ހުރެ އެ ބާވަތްތައް ކެއުމަކީ ސިއްހީ ގޮތުން ރަނގަޅު ގޮތެއް ނޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޝާރުދާ ހޮސްޕިޓަލުގެ ސީނިއަ ޑައިޓީޝަން ވާރްޝާ ޝަރުމާ ބުނެފައިވާ ގޮތުގައި ތިރީގައި ބަޔާންކޮށްފައި މިވާ ބާވަތްތަކަކީ ހުސްބަނޑާހުރެ ކެއުން އެހާ ރަނގަޅު ބާވަތްތަކެއް ނޫނެވެ. އޭގެތެރޭގައި: ހުސްބަނޑާ ހުރެ އޮރެންޖު އަދި ލުނބޯ ފަދަ ހުތްކަން ހުންނަ މޭވާތައް ކެއުން އެހާ ރަނގަޅެއް ނޫން--ފޮޓޯ/އޮންލީމައިހެލްތު- ހުތްކަން އެކުލެވޭ ނުވަތަ ސިޓްރަސް މޭވާ ހުތްކަމެއް ހުންނަ ނުވަތަ ސިޓްރަސް މޭވާގެތެރޭގައި ހިމެނޭ އޮރެންޖު، ލުނބޯ އަދި ގްރޭޕްފުރުޓަކީ ވިޓަމިން ސީއިން މުއްސަނދި ބާވަތްތައް ކަމުގައި ވިޔަސް މިއީ ހުސްބަނޑާ ހުރެ ކެއުން ރައްކާތެރި ބާވަތްތަކެއް ނޫނެވެ. ހުސްބަނޑާހުރެ މި ބާވަތްތައް ކެއުމުގެ ސަބަބުން ބަނޑުގެ މައްސަލަތައް ހުންނަ މީހުންނަށް ގޭސްޓްރިކް, މައްސަލަ ތަހައްމަލުކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ. އޭގެ ބަދަލުގައި އާފަލެއް ނުވަތަ ދޮންކެޔޮ ކެއުމުގައި ހިމަނާލެވިދާނެއެވެ. - ކުޅިކޮށް ހުންނަ ކެއުން ނުވަތަ ހަވާދުގެ ބާވަތްތައް އެކުލެވޭ ކެއުން މިއީ ވެސް އޭގެ ޒާތުގައި ހަށިގަނޑަށް ފައިދާތަކެއް ލިބިދޭ ކެއުންތަކަކަށްވީ ނަމަވެސް ހެނދުނު ހެނދުނާ ހުސްބަނޑާ ހުރެ މި ބާވަތުގެ ކެއުންތައް ކެއުމުގެ ސަބަބުން ބަނޑުގައި ވައި ހެދި ބަނޑުގައި ރިއްސުންފަދަ ކަންކަން ތަހައްމަލު ކުރުމަކީ ވެދާނެކަމެކެވެ. އޭގެ ބަދަލުގައި އޯޓްސް ހިމެނޭ ކެއުންތައް އަދި ހުތްކަމެއް ނެތް މޭވާއިން ތައްޔާރުކޮށްފައިވާ ސްމޫތީއެއް ހެނދުނުގެ ނާސްތާގައި ހިމަނާލެވިދާނެއެވެ. ހުސްބަނޑާ ހުރެ ހެނދުނުގެ ނާސްތާ ކުރާއިރު އެކު ކަހަލަ ސީރިއަލް ފަދަ ހަކުރުގެ މާއްދާ އެކުލެވޭ ކެއުންތައް ވެސް ކެއުން އެހާ ރަނގަޅެއް ނޫން--ފޮޓޯ/އޮންލީމައިހެލްތު- ފޮނި ކެއުންތަކާއި އަދި ހަކުރުގެ މާއްދާ އެކުލެވޭ ބުއިންތައް ފޮނި ކެއުންތައް ކަމަށްވާ ޕޭސްޓްރީ އާއި މޭވާއިން ތައްޔާރުކޮށްފައިވާ ޖޫސް އަދި އެކި ކަހަލަ ސީރިއަލް ތަކަކީ ވަރަށް 'ޑްރީމީ' ނާސްތާއެއްގައި ފެންނަން ހުންނަ ބާވަތްތަކެވެ. ނަމަވެސް ހުސްބަނޑާހުރެ މި ބާވަތްތައް ބޭނުންކުރުމުން ހެނދުނު ހެނދުނާ ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މައްޗަށްގޮސް ބަރުދަން އިތުރުވުމަށް މަގުފަހި ކުރުވައެވެ. އޭގެ އަސަރު އެވަގުތު ނުފެނުނަސް އެކަމުގެ އަސަރު ދެނެގަނެވޭނީ މާފަހުންނެވެ. - ނުކައްކާ ހުންނަ ތަރުކާރީގެ ބާވަތްތައް ތަރުކާރީ އަކީ އެއިން ހަށިގަނޑަށް ގިނަ ގުނަ ސިއްހީ ފައިދާތަކެއް އެކި މިންވަރަށް ލިއްބައިދޭ އެއްޗެކެވެ. ނަމަވެސް ހެނދުނު ހުސްބަނޑާ ހުރެ ތަރުކާރީ ކެއުމަކީ އެ ހަޖަމު ކުރުމުގައި ވެސް ވަގުތުތަކެއް ނަގާނެ ބާވަތްތަކަކަށް ވުމުން ކެރެޓް، ބްރޮކޮލީ އަދި ކެބެޖު ފަދަ ތަރުކާރީ ހުސްބަނޑާ ހުރެ ކެއުމުން ބަނޑުގައި ގޭސް ހެދި ބްލޯޓް ވުމަށް މަގުފަހިކުރުވައެވެ. ހެނދުނު ހެނދުނާ ތަރުކާރީ ކާހިތްވެއްޖެނަމަ ބޭނުންވާ ތަރުކާރީ ސޫޕްއެއް ތައްޔާރުކޮށްގެން ބޭނުންކޮށްލެވިދާނެ ކަމަށް ސީނިއަ ޑައިޓީޝަން ވާރްޝާ ޝަރުމާ ވަނީ އިރުޝާދު ދީފައެވެ. ހެނދުނު ހެނދުނާ ކޮފީ ބުއިމަކީ އާދައަކަށްވެފައިވާ ކަމެއް ނަމަވެސް ހުސްބަނޑާހުރެ ކޮފޯ ބޯނަމަ ބަނޑުގައި ވައި ހެދުން ފަދަ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު--ފޮޓޯ/އޮންލީމައިހެލްތު- ކާބޮނޭޓެޑް ބުއިންތަކާއި ކޮފީ ކޮފީއަކީ ދުވަސް ފެށުމުގެ ގޮތުން އެންމެ ގިނަ ބަޔަކު ހިޔާރުކުރާ ބުއިމަކަށް ވިޔަސް މިއީ ބަނޑުގެ މައްސަލަތައް ހުންނަ މީހުން ހުސްބަނޑާ ހުރެ ބުއިން ރަނގަޅު އެއްޗެއް ނޫނެވެ. އޭގެ ސަބަބުން ފަސޭހައި ބަނޑުގައި ވައި ހެދޭ މީހުންނަށް ދުވަސް ފެށުމުގެ ކުރިން ގޭހުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑެވެ. ހެނދުނު ހެނދުނާ ކޮފީ ބުއިމުގެ އާދަ ހަރުލާފައިވާނަމަ ކޮފީ ހިމެނޭހެން ކޮންމެވެސް ކަހަލަ ޕްރޮޓީންގެ މާއްދާ އެކުލެވޭ ބާވަތަކާ އެކު ކޮފީ ބޭނުންކޮށްލުން ރަނގަޅުވާނެއެވެ. ހަމައެއާއެކު ކާބޮނޭޓެޑް ބުއިންތަކަކީ އޭގެ ސަބަބުން ކާނާ ހަޖަމުކޮށްދިނުން ލަސްކޮށްލަދޭ ބާވަތަކަށް ވުމުން ހުސްބަނޑާހުރެ އެފަދަ ބުއިންތަކާ ދުރުހެލިވުމަށް ސީނިއަ ޑައިޓީޝަން ވާރްޝާ ޝަރުމާ ވަނީ ލަފާ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ