މަޖިލީހުގެ ހާޒިރީގެ ފުލަށް މިފަހަރު ވެސް ސިޔާމާއި ގާސިމް

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތަކުގެ ހާޒިރީ ފުލަށް، މިފަހަރުވެސް މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ހިނގައްޖެއެވެ. ސިޔާމަކީ އާއްމު ގޮތެއްގައިވެސް މަޖިލީހުގެ ހާޒިރީ އެންމެ ދަށް ބޭފުޅުންގެ ލިސްޓުގެ ކުރީގައި މީގެކުރިންވެސް ހިމެނޭ ބޭފުޅެކެވެ.
މަޖިލީހުގެ ފުރަތަމަ ދައުރުގައި ސިޔާމް ވަޑައިގެންނެވީ ހަތަރު ޖަލްސާއަކަށެވެ. ފުރަތަމަ ދައުރު ކުރިއަށް ދިޔައީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 27 އަށެވެ. މުޅި ޖުމްލަ 37 ޖަލްސާ ބޭއްވިއިރު މީގެ ތެރެއިން 33 ޖަލްސާ އަށް ސިޔާމް ވަޑައިގެންފައެއް ނުވެއެވެ.
އެގޮތުން ފެބްރުއަރީ މަހު 8 ޖަލްސާއަށް ސިޔާމް ވަަޑައިނުގަންނަވައެވެ. އަދި މާޗު މަހު 12 ޖަލްސާ ހާޒިރުވެފައިނުވާއިރު، މިދިޔަ އޭޕްރީލް މަހު ބޭއްވި އެއްވެސް ޖަލްސާއަކަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ.
ސިޔާމްއާ އެންމެ ގާތުން އަބަދުވެސް ހާޒިރީގައި ފުލުގައި ދެން އުޅުއްވާ ބޭފުޅަކީ މާމިގިލި ދާއިރާގެ މެންބަރު އަދި މަހުޖަނު ގާސިމް އިބްރާހީމެވެ. ފުރަތަމަ ތިން މަސް ދުވަހު ގާސިމް ވަޑައިގެންނެވީ 14 ޖަލްސާއަކަށެވެ. ތޭވީސް ޖަލްސާއަކަށް އޭނާ ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
ހާޒިރީ ރިޕޯޓު ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ދައުރުގެ 37 ޖަލްސާ އަށް ހާޒިރުވީ އެންމެ ފަސް މެންބަރުންނެވެ. އެއީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ