މަޖިލީހުގައި މަރުތަޅު އެޅުވީ ރައީސް ސޯލިހު, އެއީ ހީލަތްތެރި ރޭވުމެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ހުށަހަޅައި މަޖިލީހުގައި މަރުތަޅު އެޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ވަގު ޓުވީޓާ އެކައުންޓް, އެމްއެން އަންއޮފިޝަލް” އިން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައި ވަނީ ހީލަތްތެރި ގޮތަކަށް ކަމަށެވެ.
ނަޝީދު މިގޮތަށް ވިދާޅުވި އިރު, މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވެސް ވިދާޅުވަނީ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައި ވަނިކޮށް މަޖިލީހުގައި މަރުތަޅު އެޅުވީ ސަރުކާރުން ދުރާލާ ރާވައިގެން ގަސްތުގައި ކަމަށެވެ.
އެގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން އެ މައްސަލަތައް ކުރިއަށް ނުގެންގޮސް މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރާނެ ޖާގަ މަޖިލީހުން ގަވާއިދުން ނުލިބޭ ކަމަށް ވިދާޅުވި އެވެ.
“އޭގައި ސްޕީކާ ކުރާނެ ކަމެއް ނެތް، އަޅުގަނޑު ކުރާނެ ކަމެއް ނެތް، ނިއުޝާ (އަމީންއާއްމު) ކުރައްވާނެ ކަމެއް ނެތް، ފިލްޒާ (ކައުންސެލް ޖެނެރަލް) ކުރައްވާނެ ކަމެއް ނެތް،” “އެޑްވާސް ކޯސް އޮން ޕާލިމެންޓަރީ އޯވަސައިޓް އެންޑް ލެޖިސްލޭޓިވް ސްކްރޫޓަނީ”ގެ ބައިވެރިންނާ މަޖިލީހުގައި މިއަދު ހަވީރު ބައްދަލުކުރައްވައި، އީވާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ