ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލުގެ މަގާމު ގެއްލޭނެ ކަމަށާއި އެއަށްފަހު ޖިނާއީ ތަހުގީގާވެސް ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ, ގާޒީ ޝަކީލަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތާރިގު (ޓޮމް) އިންޒާރު ދެއްވައިފި އެވެ.
ޓޮމް އެހެން ވިދާޅުވީ, ގާޒީ ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ބާއްވާ ރަސްމިއްޔާތަށް ޖޭއެސްސީން ފޮނުވާފައިވާ ދައުވަތާއެކު ކުރެއްވި ޓުވީޓެއްގަ އެވެ.
ޓޮމް ވިދާޅުވީ, ރައީސް އަބްދުالله ޔާމީނަށް ސިޔާސީ ހުކުމްކުރި ގާޒީ ޝަކީލުގެ މައްސަލަ ނުބަލާނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.
“ހުވާތިކުރެވެނީ ހަ މަސްދުވަހަށް. މަގާމުވެސް ގެއްލޭނެ އަދި ޖިނާއީ ތަހުގީގާވެސް ކުރިމަތިލާންޖެހޭނެ,” ޓޮމްގެ ޓުވީޓުގައިވެ އެވެ
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި އެ މުއާމަލާތުގެ ފައިސާއިން މަނީ ލޯންޑާކޮށްފައިވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ ގާޒީ ޝަކީލެވެ.
ޓޮމްގެ އިންޒާރު ގާޒީ ޝަކީލަށް: ތި މަގާމުވެސް ގެއްލޭނެ, ޖިނާއީ ތަހުގީގާވެސް ކުރިމަތިލާން ޖެހޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ