ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި ހަސަން ސައީދު, 21 އަހަރަށް ފަހުން ހިދުމަތުން މިއަދު ރިޓަޔާ ކުރައްވައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ގާޒީ ހަސަން ސައީދު މަގާމުން ރިޓަޔާ ކުރެއްވުމުން އޭނާއަށް ތަހުނިޔާ ދަންނަވާފައެވެ. ފެމެލީ ކޯޓުގެ އިސްގާޒީ ކަން ވެސް ކުރެއްވި ހަސަން ސައީދުގެ ބައެއް ސުލޫކީ މައްސަލަތައް ސާބިތުވެފައިވާއިރު މީގެ ކުރިން އޭނާ ސަސްޕެންޝަންގައި ދެ އަހަރު ވެސް ހޭދަކޮށްފައިވެއެވެ. އަދި ސުލޫކީ މައްސަލައެއް ސާބިތުވެ ފަނޑިޔާރު ކަމުން އޭނާ ވަކި ކުރުމަށް ވެސް ޖޭއެސްސީން 2019 ވަނަ އަހަރު ނިންމިއެވެ. ނަމަވެސް ޖޭއެސްސީން ވަނީ ފަހުން އެ ނިންމުން ބަދަލުކޮށް އޭނާ ކްރިމިނަލް ކޯޓަށް ބަދަލު ކޮށްފައެވެ. އަދި ރިޓަޔާ ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ