ރާއްޖެއިން ބޭރުގައި ދިވެހިންގެ ހަރަދުކުރުމުގެ އާދަ ދެނެގަތުމުގެ ސާވޭއެއް ފަށަނީ

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ ހަރަދުކުރުމުގެ އާދަ ދެނެގަތުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާއްސަ ސާވޭއެއް ފެށުމަށް ނިންމައިފިއެވެ.
މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއެމްއޭއިން ބުނި ގޮތުގައި، މި ސާވޭ ކުރިއަށްދާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ޓާމިނަލްގައެވެ. މި މަސައްކަތް ބިނާކޮށްފައިވަނީ ދިވެހިން ދަތުރު ނިންމުމަށްފަހު އެނބުރި ރާއްޖެ އަންނަ ވަގުތުތަކާ ދިމާކޮށް މައުލޫމާތު އެއްކުރުމުގެ މައްޗަށެވެ.
މިފަހަރު ކުރިއަށްގެންދާ ސާވޭގެ ނަތީޖާ އާންމުކުރާނެ ވަކި ތާރީހެއް އެމްއެމްއޭއިން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ސާވޭގެ ސަބަބުން ރާއްޖެއިން ބޭރަށް ދާ ފައިސާގެ މިންވަރާއި ދިވެހިންގެ ހަރަދުކުރުމުގެ އާދަ ހުރިގޮތް އިތުރަށް ސާފުވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ