ދަރުމާއިން ގެނެސްދިން ފިލްމު 'ޗާންދު މޭރާ ދިލް' ސްޓްރީމިންގްއަށް ދޫކޮށްލަނީ

މިދިޔަ މެއި މަހު ދަރުމާ ޕްރޮޑަކްޝަންއިން ރިލީޒްކުރި ފިލްމު "ޗާންދް މޭރާ ދިލް" ސްޓްރީމިންގްއަށް ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ. ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ އަނަނިޔާ ޕާންޑޭ އަދި ލަކްޝް ލަލްވާނީ ލީޑް ރޯލްތައް ކުޅެފައިވާ މި ފިލްމަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ވިވެކް ސޯނީ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ. ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް ފިލްމުގެ މިއުޒިކާއި ވާހަކައަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ފިލްމުތައް ރިވިއުކުރާ އިންޑިއާގެ ބައެއް މީޑިއާތައް ކަމަށްވާ، ދަ ހިންދޫ، ބޮލީވުޑް ހަންގާމާ އަދި ހިންދުންސްތާން ޓައިމްސްގެ އިތުރުން ފިލްމު ކްރިޓިކް ތަރަން އާދާޝް ވެސް މި ފިލްމުގެ ވާހަކައަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ. ފިލްމު "ޗާންދު މޭރާ ދިލްް"ގެ މަންޒަރެއްގައި އަނަންޔާ އަދި ލަކްޝް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ލަކްޝް އާއި އަނަނިޔާ އަލަށް އެކީގައި މަސައްކަތްކުރި "ޗާންދް މޭރާ ދިލް" ސްޓްރީމްކުރާނީ ޖިއޯ ހޮޓް ސްޓާ މެދުވެރިކޮށެވެ. މިއަދުން ފެށިގެން އެ ޕްލެޓްފޯމް މެދުވެރިކޮށް މި ފިލްމު ބެލުންތެރިންނަށް ސްޓްރީމްކުރެވޭނެ ކަމަށް ދަރުމާއިން ވަނީ އިއުލާނުކޮށްފައެވެ. ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސަރެއްގެ ގޮތުގައި މުހިއްމު ދައުރެއް އަދާކުރި ދަރުމާގެ ފިލްމު "ކިލް"އިން ބޮލީވުޑަށް ތައާރަފްވި ލަކްޝް އަކީ އެ ފިލްމު ކުންފުނިން މިފަހުން ތައާރަފްކުރި ޒުވާން އެކްޓަރުންގެތެރެއިން އެންމެ އުޖާލާ ކުރިމަގެއް އޮތް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ފިލްމީ ފަންނާނެކެވެ. ލަކްޝްގެ އިތުރުން ބަތަލާ އަނަންޔާ އަކީ ވެސް ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކުން އެކްޓިންގް ކެރިއަރު ފެށި ބަތަލާއެއްކަން ފާހަގަކޮށްލެވެއެވެ. "ލަކްޝްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ، ދަރުމާއިން އުފައްދާ "ދޯސްތާނާ 2" އަދި "ލަގް ޖާ ގަލޭ"ގެ އިތުރުން "ކިލް"ގެ ދެވަނަ ބައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ