ވަގުތީ ޔޫކޭ ވިސާ ކްލިނިކެއް އަންނަ މަހު މާލޭގައި ކުރިޔަށް ގެންދަނީ

ޔޫކޭގެ ވަގުތީ ވިސާ ކްލިނިކެއް އަންނަ މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން މިއަދު ބުނެފިއެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި ކްލިނިކް ކުރިޔަށް ގެންދާނީ އަންނަ އޮގަސްޓް މަހުގެ 10 އިން 12 އަށެވެ. ވީއެފްއެސް ގްލޯބަލްގެ ފަރާތުން ހިންގާ މި ވިސާ ކްލިނިކް ކުރިޔަށް ދާނީ މާގިރި ހޮޓަލުގައެވެ. ވީއެފްއެސްއިން ވަނީ އިނގިރޭސިވިލާތުގެ ވިސާ އަށް އެދި ހުށަހަޅަން ބޭނުންވާ ދިވެހިން، GOV.UK ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކޮށް، އެޕޮއިންޓްމަންޓް ބުކް ކުރުމަށް އިރުޝާދު ދީފައެވެ. ޚާރިޖީ ވުޒާރާއިން އިތުރަށް ބުނީ ވަގުތީ ވިސާ ކްލިނިކަކީ ކޮންމެ އަހަރަކު ވެސް، ޚާއްސަކޮށް މަތީ ތައުލީމަށް އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހި ދަރިވަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ. މީގެ ސަބަބުން ރާއްޖެއިން ބޭރަށް ދާން ނުޖެހި، މާލޭގައި ތިބެގެން ބަޔޯމެޓްރިކްސް ދިނުމާއި ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ