އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތް އަންނަ މަހުގެ 10 ގައި

މައިލޯ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތް އަންނަ މަހުގެ 10 ދުވަހު ފަށަން ނިންމައިފި އެވެ.
ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި 10 ސްކޫލަކުން 39 ޓީމެއް ބައިވެރިވެފައިވާ ކަމަށެވެ.
ތިން އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ އުމުރު ފުރާތަކަކީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރު ފުރައެވެ. އެގޮތުން 12 އަހަރުން ދަށުގެ ކެޓަގަރީގައި ފިރިހެން އަށް ޓީމާއި އަންހެން އަށް ޓީމު ވަނީ ބައިވެރިވެފައި ވާއިރު ސާދަ އަހަރުން ދަށުގެ ބައިގައި ބައިވެރިވީ ފިރިހެން ހަތް ޓީމާއި އަންހެން ފަސް ޓީމެވެ. އަދި ސޯޅަ އަހަރުން ދަށުގެ ބައިގައި ވާދަކުރަނީ ފިރިހެން ހަ ޓީމާއި އަންހެން ފަސް ޓީމެވެ.
މިމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ