މައުމޫނު ފައުންޑޭޝަނުން މިއަހަރު 10 ސްކޮލާޝިޕެއް ދެނީ

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު އިސްކޮށް ހުންނަވައިގެން އިޖުތިމާއީ މަސައްކަތް ކުރެއްވުމަށް އުފައްދާފައިވާ މައުމޫނު ފައުންޑޭޝަނުން މިއަހަރު 10 ސްކޮލާޝިޕެއް ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފިއެވެ.
މައުމޫނު ފައުންޑޭޝަނުން މައުލޫމާތުދޭ ގޮތުގައި ޑިގްރީ ފެންވަރުގެ 10 ސްކޮލާޝިޕަށް މިއަހަރު ފުރުސަތު ހުޅުވާލާފައިވަނީ ބެންގަލޫރުގެ ގާޑެން ސިޓީ ކޮލެޖުންނެވެ.
އޭގެތެރޭގައި ހިމެނެނީ ބެޗެލަރ އޮފް ބިޒްނަސް މެނޭޖުމެންޓު ތިން އަހަރުގެ ދެ ސްކޮލާޝިޕާއި ބެޗެލަރ އޮފް ކޮމާސް ތިން އަހަރުގެ ދެ ސްކޮލާޝިޕާއި ބެޗެލަރ އޮފް ހޮޓެލް މެނޭޖުމެންޓު ހަތަރު އަހަރު ދުވަހުގެ ތިން ސްކޮލާޝިޕާއި ބެޗްލަރ އޮފް އާޓްސް ތިން އަހަރު ދުވަހުގެ ތިން ސްކޮލާޝިޕެވެ.
މައުމޫނު ފައުންޑޭޝަނުންވަނީ ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 18އިން މިއަދުގެ ނިޔަލަށް ހުޅުވާލާފައެވެ. އެފައުންޑޭޝަނުން މައުލޫމާތުދޭ ގޮތުގައި މިސްކޮލާޝިޕްތަކަކީ ޓިއުޝަން ފީ އެފައުންޑޭޝަނުން ދައްކައިދޭ ގޮތަށް ދޫކުރުމަށް ހަމަޖެހިފައިވާ ޕާޓްލީ ފަންޑެޑް ސްކޮލާޝިޕްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ