ވިލިގިލީ ދާއިރާގެ އިންތިހާބް ބާތިލްކޮށްދިނުމަށްއެދި އެމްޑީޕީން ކޯޓަށް

ތިން ސަތޭކައެއްހާ ވޯޓް ކަރުދާސްކޮޅުތަކުގައި ނިޝާންތަކެއްޖަހައި ނުފޫޒު ބޭނުންކޮށްފައިވާކަމަށް ބުނެ ވިލިގިލީ ދާއިރާގެ އިންތިހާބް ބާތިލްކޮށްދިނުމަށް އެމްޑީޕީން  ހައިކޯޓްގައި  އެދެފިއެވެ.
ކޯޓަށް މައްސަލަ ހުށަހެޅި އެމްޑީޕީގެ ކެންޑިޑޭޓް ހާރޫން ރަޝީދަކީ ވިލިގިލީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވާ  ޕީޕީއެމްގެ ކެނޑިޑޭޓް ސައުދު ހުސެއިނާއި އެންމެ ގާތުން ވާދަކުރެއްވި ކެންޑިޑޭޓެވެ.
އެމްޑީޕީން އިލެކްޝަންސް ކޮމިޝާނާއި ދެކޮޅަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ  ވިލިގިނލި ދާއިރާ  ކާމިޔާބުކުރި ސައުދަށް ވޯޓް ދޭންޖެހޭނެކަމަށް ކުއްޑޫ މުވައްޒަފުންނަށް އަންގާފައިވާކަމަށެވެ.
އިންތިޚާބަށް މަހަކަށް ވެފައިވަނިކޮށް ކޫއްޑޫގެ ގިނަ މުވައްޒަފުންތަކަކަށް ޕްރޮމޯޝަން ދީފައިވާކަމަށާއި އެކަން ކޮށްފައިވަނީ އޭސީސީން އެކަން ނުކުރުމަށް އަންގާފައިވަނިކޮށް ކަމަށްވެސް މިދައުވާގައިވެއެވެ.  އަދި އެ މުވައްޒަފުންނަށް ވޯޓްލުމަށް އަންގާ ވޯޓް ކަރުދާސްކޮޅުތަކެއްގައި ފާހަގަ ޖަހާފައިވާކަމަށްވެސް  އެމްޑީޕިން ބުނެއެވެ.
މައްސަލައަށް ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަނުން ބުނީ އެއްވެސް ބަޔަކަށް އިންޒާރުދިންކަމުގެ އެއްވެސް ހެއްކެތް އެމްޑީޕީން ހުށައަޅާފައިނުވާކަމަށެވެ. އަދި ވޯޓް ކަރުދާސްތަކުގައި އެއްވެސް ނިޝާނެއް ޖަހާފައި ހުރި ނަމަވެސް އެފަދަ އެއްވެސް ވޯޓެއް ބާތިލް ނުވާނެކަމަށް ގަވައިދުގައި އޮންނަކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
 
މި މައްސަލައިގެ މިއަދުގެ އަޑުއެހުން މިއަދު ނިންމާލީ އިތުރުކަމެއް ސާފުކުރަން ނުޖެހޭނެމަ ދެން އޮންނާނީ ހުކުމް އިއްވުންކަމަށް  ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރެއްވުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ