ދިވެހިރާއްޖެ އަށް މިވަގުތު ދިމާވެފައިވާ ގޮންޖެހުމުން އަރަައިގަނެވޭނީ ސުލްހަވެރިކަމާ އެކު މަޝްވަރާކޮށް ގެން ކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ދުންޔާ މިހެން ވިދާޅުވީ ފޭސްބުކްގައި މިއަދު އާއްމުކުރެއްވި ވީޑިއޯއެއްގައެވެ. މައްސަލައަށް ހައްލު ހޯދުމަށް އިދިކޮޅު ލީޑާރުންނާއި އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށްށްވެސް ދުންޔާ ވިދާޅުވިއެވެ. “އަޅުގަނޑު މިހާރު މިހިރީ ރައީސް އަލް އުސްތާުޒު މައުމޫން އަބްދުލް ގައްޔޫމް، އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ، އަދި ކުރީގެ ރައީސް، ރައީސް ނަޝީދު އަދި ޝެއިޚް އިމްރާން، އާދެ އިދިކޮޅުގައި ތިއްބެވި ލީޑަރުންނާ އަދި ހަމަ ހުރިހާ އިސް ބޭފުޅުންނާ އެކީގަ މަސައްކަތް ކުރަން ތައްޔާރަށް.”
ރާއްޖެއަށް މިހާރު ދިމާވެފައިވާ ކަންތައްތަކާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނާއި ބޭރު ދުނިޔޭގައި ކަން ބޮޑުވުން ފާޅުކުރަމުންދާ ކަމަށް ދުންޔާ ވިދާޅުވިއެވެ. ރާއްޖޭގެ ހަމަޖެހުމާއި އިގްތިސާދަށް ލިބިދާނެ އަދި ލިބެމުންދާ ގެއްލުންތަކާ ބެހޭ ގޮތުން ޚިޔާލު ފާޅުކުރަމުން ދާ ކަންވެސް ދުންޔާ ފާހަގަ ކުރެއްވިއެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ޕާލަމެންޓުގައި ރާއްޖެއާ ބެހޭ ގޮތުން މަޝަވަރާ ތަކެއް ކުރެވުނު ކަން ދުންޔާ ފާހަގަ ކުރެއްވިއެވެ. އަދި ޖެނީވާގަ ހިއުމައަން ރައިޓްސް ކައުންސިލުން، 41 ގައުމަކުން މިކަންތަަކަށް ހައްލު ހޯދުމަށް ގޮވާލައިފައިވާ ކަން ވެސް ދުންޔާ ވަނީ ފާހަގަ ކުރައްވައިފައވެ.
ގައުމަށް މިވަގުތު ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދޭނީ މަޝްވަރާ ކޮށްގެން ކަމަށް ދުންޔާ ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. “އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އޮތް ހާލަތުން އަޅުގަނޑުމެންނަށް އަރައިގަނެވޭނީ ހަމަ ސުލްހަވެރި މަޝްވަރާ ތަކެއް ކޮށްގެން، ކުރިއަށް އެޅޭނެ ފިޔަވަޅުތަކަށް އަޅުގަނޑުމެން އެންމެން އެއްބަސް ވެގެން އެކަމަށް ގައުމަށްޓަކައި މަސައްކަތް ކޮށްގެން.”
ދުންޔާ ވަނީ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ހުންނަވާތާ އެއް މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެތައް ސިޔާސީ ހައްޔަރީންނެއް ޖަލުގައި ތިބިކަން ގާހަގަ ކުރައްވައިފައެވެ. އަދި ބައްޕާފުޅު މިނިވަން ކުރެއްވުމަށް ގޮވައިލައްވައިފައެވެ.
މި ހާލަތުން އަރައިގަނެވޭނީ ސުލްހަވެރި ކަމާއެކު މަޝްވަރާ ކޮށްގެން – ދުންޔާ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ