ޖޭޕީގެ ޑެޕިއުޓީ ލީޑަރު ހުސެންގެ ހަމަލާތައް އުމަރު ނަސީރަށް!

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަންގެ ނުސީދާ ހަމަލާތަކެއް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރަށް އަމާޒު ކުރައްވައިފިއެވެ.
ހުސައިންގެ ހަމަލާތައް އުމަރަށް އަމާޒުވީ މި ހަފްތާގައި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވާނެކަމަށާއި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާ ނަމަ ޖޭޕީގެ ޓިކެޓަށް ވާދަ ކުރައްވާނެކަމަށް އުމަރު ވިދާޅުވެފައި ވަނިކޮށެވެ.
ޑރ ހުސައިން ކުރެއްވި އެއް ޓްވިޓްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ޖޭޕީގެ ލީޑަރުކަމަށް އެ ޕާޓީގެ އަސާސީ ޤަވާއިދުގައި ބުނެފައި ވަނިކޮށް، "ތިމަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނަމޭ ބުނުމަކީ" އެގަވާއިދު ނޭންގޭތީ ނުވަތަ އަސާސީ ގަވާއިދަށް ޖޭޕީގެ މެމްބަރުންގެ ހުރުމަތް ކެނޑުމަށް ދައްކާ ވާހަކަތައް ކަމުގައެވެ.JP ge Asaasy Qavaaidhuge 38 vanamaahdhaage (2) ehen oiyhaahindhaku JP ge Leader fiyavaa ehenmeehaku JP ticket gai thimanna riyaasee inthikhaabah vaadhakuraanemey bunumakee, e qavaaidhu neygeythee nuvatha e qavaaidhaai JP ge menbarunge khurumaiy kendumah dhakkaa vaakaeh! @vaavu pic.twitter.com/IYqNirdF7u— Hussain R. Hassan (@DrHussainHassan) December 9, 2017މީގެ އިތުރުންވެސް ހުސެންވަނީ ޖޭޕީގެ އަސާސީ ގަވާއިދު މިހާރު އޮތްގޮތުން ލީޑަރު ފިޔަވާ އެހެން ފަރާތަކަށް ޖޭޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްބޭނީ ޖޭޕީގެ ލީޑަރު އިސްތިއުފާދެއްވާ ދެން ލީޑަރުގެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ކަމުގައެވެ. ނޫން ނަމަ ޖޭޕީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސްގެން ކަމުގައެވެ.
ރައީސް ޔާމީންގެ ފުރަތަމަ ހޯމް މިނިސްޓަރުކަމުގައި ހުންނެވި އުމަރު ނަސީރަކީ ހޯމް މިނިސްޓަރުގެ މަޤާމަށް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ޖޭޕީން ސަރުކާރު ކޯލިޝަނުން ވަކިވުމުންވެސް އުމަރު ހިޔާރު ކުރެއްވީ ސަރުކާރުގައި ދެމި ހުންނެވުމަށެވެ.
އުމަރު ނަސީރަކީ އިދިކޮޅު ލީޑަރުންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދާއި ކާނަލް ނާޒިމާއި ޝައިޚް އިމްރާންގެ މައްޗަށް ހުކުމްކޮށް ޖަލަށް ލެވުނު އިރުވެސް ސަރުކާރުގައި ހުންނެވި ބޭފުޅެކެވެ.
ރައީސް ޔާމީންގެ ފުރަތަމަ ހޯމް ނިނިސްޓަރުގެ މަޤާމަށް އުމަރު އައްޔަން ކުރެއްވީ 2013 ގެ ނޮވެންބަރު މަހު ތެރޭގައެވެ. ހޯމް މިނިސްޓަރުގެ މަގާމުނ އުމަރު ނަސީރު އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ