ވަގުތު ފާއިތުވުމުގެ ކުރިން ފިޔަވަޅުތައް ވަރުގަދަކުރަން މައުމޫން ގޮވާލައްވައިފި

ކޮވިޑް-19 ކޮންޓްރޯލްކުރަން ހަރުކަށި ފިޔަވަޅު އަޅަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމާ ގުޅިގެން މައުމޫން ވިދާޅުވީ ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ކަމަށެވެ. އަދި ވަގުތު ފާއިތު ނުވަނީސް ބަލި ކޮންޓްރޯލް ކުރަން ހަރުކަށި ފިޔަވަޅު އަޅަން މައުމޫން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.
މައުމޫން އެކަމަށް ގޮވާލައްވާފައި ވަނީ ފާއިތުވި 24 ގަޑިއިރުތެރޭ ރާއްޖެއިން މި ބައްޔަށް 300 މީހުން ޕޮޒިޓިވް ވެފައިވާ ދަނޑިވަޅެއްގައެވެ. މިއީ އެއް ދުވަސްތެރޭ މި ބައްޔަށް ރާއްޖެއިން އެންމެ ގިނަ އަދަދަަކަށް މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
މިހާރު ރާއްޖޭގެ ކޮވިޑްގެ ތާފްސްހިސާބުތަކަށް ބަލާއިރު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 24،379 އަށް އަރާފައެވެ. ކޮވިޑް އެކްޓިވް ކޭސްގެ އަދަދު 3022 އަށް އަރާފައި ވާއިރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 21،282 އަށް އަރާފައެވެ. ކޮވިޑް މަރުގެ ޖުމްލަ އަދަދު 67 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ