ނަސްރީނާގެ ހާލު ރަނގަޅު: ރައީސް މައުމޫނު

ކޮވިޑް-19އަށް ފޮޒިޓިވްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމްގެ ހާލު ރަނގަޅު ކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު ކުރައްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން ނަސްރީނާގެ ހާލު ރަނގަޅު ކަމަށާއި ހުރިހާ އެންމެންގެ ހެޔޮދުއާއަށް ޝުކުރު ދަންނަވާ ކަމަށެވެ.
ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހު 11ގައެވެ. އެކަމަނާ ކޮވިޑަށް ޕޮޒިޓިވިކަން އެނގުނީ ކޮވިޑްގެ އަލާމާތްތަކެއް ހުރުމުން ޓެސްޓް ކުރުމުން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސްރީނާ ވަނީ ވެކްސީންގެ ދެ ޑޯސް ވެސް ފުރިހަމަކޮށްފައެވެ.
ނަސްރީނާ ކޮވިޑަށް ޕޮޒިޓިވް ވިއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މައުމޫން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ވެސް ވަނީ ހޯއްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ