ބުދަ ދުވަހުންފެށިގެން ކާފިއު ހިންގާ ގަޑި ހަވީރު 4 އިން ހެނދުނު 8 އަށް ބަދަލުކޮށްފި

ބުދަ ދުވަހުން ފެށިގެން މާލެ ސަރައްހަދުގައި ކާފިއު ހިންގާފައި އޮންނަ ވަގުތު އިތުރުކުރަން ނިންމައިފިއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައި އޮތް ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ނިންމާވާފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި މިހާރު ކާފިއު ހިންގަމުންދަނީ ހަވީރު 04:00 އިން ފަތިހު 04:00 އަށް ނަމަވެސް، މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ހިންގާ ވަގުތު ހަވީރު 04:00 އިން ހެނދުނު 08:00 އަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
މި ވަގުތުގައި ފިހާރަތަކާއި، ކެފޭތައް އަދި ރެސްޓޯރެންޓުތައް ހުޅުވުން މަނާވާނެ ކަމަށާއި، އެހެންނަމަވެސް މި ވަގުތުތަކުގައި ޑެލިވަރީގެ ޚިދުމަރތް ދެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކާފިއު ވަގުތުތަކުގައި ޒަރޫރީ ކަންކަމުގައި ބޭރަށް ނިކުމެ އުޅުމަށް ފުލުހުންގެ ޕާމިޓް ދޫކުރާނެ ކަމަށާއި، ހުއްދަ ދޫކުރާނީ ކޮންމެ ގެއެއްގެވެސް ކަރަންޓު މީޓަރު ނަންބަރަށް ކަމަށް ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނެފައި ވެއެވެ.
ކާފިއު ނޫން ވަގުތުތަކުގައިވެސް ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުންގެ ޚާއްސަ ހުއްދައަކާއެކު ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކޮންމެ ގެއަކަށް ދެފާހެއް ދޫކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަދި މިވަގުތުތަކުގައި މާލެ ތެރެ މޮނިޓަރކޮށް ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ