އާންމުންގެ ބޭނުންތަކަށް ފޭދޫ ފިނޮޅު ބޭއްވުމަށް މައުމޫން ގޮވާލައްވައިފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާތުން ވިއްކާލި ފޭދޫފިނޮޅު، މާލެ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ދިނުމަށް ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ފުލުހުންގެ އެކި ހަރަކާތްތައް ހިންގުމަށް މީގެކުރިން ދީފައި އޮންނަ ފޭދޫ ދިނޮޅު ވިއްކާލާފައިވަނީ ޗައިނާގެ ކުންފުންޏަކަށެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ އާއްމުން އުފަލަކަށް ބޭނުންކުރާ ފޭދޫފިނޮޅު އަނބުރާ ދިނުމަށް ޓޫރިޒަމް މިނިސްޓަރަށް ގޮވާލައްވާ ކަމަށެވެ. އަދި އެ މީހުން ދާނެ އިތުރު ތަނެއް ނެތް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ފޭދޫ ފިނޮޅުގެ އަންދާޒާ ކުރެވޭ ބޮޑުމިނަކީ 4.10 ހެކްޓަރެވެ.
މީގެކުރިން ޕީޕީއެމްގެ ތެރޭގައި އޮތް ރައީސް މައުމޫންގެ ފެކްޝަނުން ވަނީ، ފޭދޫ ފިނޮޅު ޕިކްނިކް ރަށެއްގެ ގޮތުގައި ބޭއްވުމަށް އެދި ޓޫރިޒަމް މިނިސްޓަރުގެ ކިބައިން އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ