ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ނިންމާ މަޖިލީހުން ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފި އެވެ.
ރައީސް އެ އިސްލާހު ތަސްދީކުރައްވާ މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައި އެވެ.
ކޯޓުތަކާއި ބެހޭ ގާނޫނަށް ގެނައި އިސްލާޙުގައި ވާގޮތުން ރައީސް ބިލް ތަސްދީގު ކުރާތާ ދެ ދުވަސްތެރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ވަކިކުރަން ބޭނުންވާ ދެ ފަނޑިޔާރެއްގެ ނަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އަދި މަޖިލީހުން ހަތް ދުވަސްތެރޭ ގޮތެއް ނިންމަން ޖެހެ އެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި މި އިިސްލާހުގައި ވާގޮތުން 90 ދުވަސްތެރޭ ހައި ކޯޓުގެ އިތުރު ދެ ގޮތްޕެއް އުތުރާއި ދެކުނުގައި ގާއިމްކޮށް ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ހަމަޖައްސަން ޖެހެ އެވެ. ފަނޑިޔާރުން ބެހުމުގެ ކަންކަން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ބުނެފައިވެ އެވެ.
މީގެ ިއތުރުން ރައީސް މިއަދު ވަނީ “ކުށްވެރިން ބަދަލުކުރުމުގެ ބިލު” އާއި “ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގު ކުރައްވާފައި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި އިސްލާހު ތަސްދީގު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ