އައްޑޫގެ ރައްޔިތުންގެ ނުރުހުމުގައި ކަމެއް ކުރެވިފައިވާ އޮތް ނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.
ހިތަދޫގައި މިހާރު ކުރިއަށްދާ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޒިޔާދު މިހެން ވިދާޅުވި އިރު މިރޭ އެބޭފުޅާ ވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަން ހާމަކުރައްވާފައެެވެ.
ޒިޔާދު ވިދާޅުވީ ހައުސިން މިނސްޓްރީގެ އައްޑޫގެ ޑިޕާޓްމަންޓާއި ހަވާލުވެ ހުންނެވި ކަމަށާއި އެ މަގާމު އަދާކުރެއްވީ އިޚްލާސްތެރިކަމާއި އެކު ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
"ތިބޭފުޅުންގެ ނުރުހުމުގައި ކަމެއް ކުރެވިފައި އޮތްނަމަ މައާފަށް އެެދެން" ޒިޔާދު ވިދާޅުވިއެވެ.
ނުރުހުމުގައި ކަމެއް ކުރެވިފައި އޮތް ނަމަ މައާފަށް އެދެން: ޒިޔާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ