އުރީދޫ އިން ބޮޑު ޢީދާ ދިމާކޮށް ހާއްސަ އޮފާތަކެއް!

އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ އޮފާ ތަކެއް އިއުލާނު ކޮށްފިއެވެ.
އުރީދޫން ބުނީ މި އޮފާގެ ދަށުން ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށިގެން ޑެޑިކޭޓެޑް ގޭމިން ބޫސްޓާތަކާ ހަމައަށް އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށް ކަމަށެވެ.
1. ހިލޭ ޓިކްޓޮކް:
އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާއާއެކު މި އީދުގައި އުފަލާ މަޖާ ޓިކްޓޮކް ހިއްސާކުރެވޭނެއެވެ.
2. ސުޕަރނެޓް ގޭމަރ 100 އެޑް-އޮން:
މިއީ ސުޕަނެޓު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށް ހާއްސް ސްޕީޑް ބޫސްޓަރ އެކެވެ. އީދު އޮފާގެ ދަށުން 100 އެމްބީޕީއެސް ސްޕީޑް، 3 ގަޑިއިރަށް އެންމެ 50 ރުފިޔާއަށް މި އެޑްއޮން އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެެވެ.
3.ވެލިއު ޑެއިލީ ޕެކް – އެއް ދުވަހަށް 125 ޖީބީ ޑޭޓާ:
ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޑޭޓާ ބޭނުންވާނަމަ ޑެއިލީ ވެލިއު ޕެކް ނެގިދާއެއެވެ.އެއް ދުވަހަށް 125 ޖީބީ ލިބޭ މި ޕެކް ގެ އަގަކީ 75 ރުފިޔާއެވެ.
4. ވެލިއު ޝެއާ ޕެކް - 100 ޖީބީ
މި އީދުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވެލިއު ޝެއާ ޕެކްއެކެވެ. މިއީ ޖުމްލަ 100 ޖީބީ، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ތިމާގެ ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ހިމެނޭ ޕެކެކެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ 2 ޕްރީޕެއިޑް ނަންބަރަށް ކޮންމެ މީހަކަށް 30 ޖީބީއެވެ.
5. . މަގޭ ޕްލޭނާއެކު ބޯނަސް ޑޭޓާ:
މަގޭ ޕްލޭން އެކްޓިވޭޓް ކޮށްލައިގެން 25 އިންސައްތަ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ.ބޯނަސް ޑޭޓާ ލިބޭ ޕްލޭން ތަކަކީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750 އެވެ.
6. އާޗާ ޕްލޭންއަށް އީދު ހަދިޔާ:
އާޗާ 600 އަދި އާޗާ ޕްލޭން 750 އެކްޓިވޭޓް ކުރާ ފަރާތްތަކަށް ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީ ބޯނަސް ލިބިގެންދާނެއެވެ.
ކަސްޓަމަރުންނަށް ސީދާ އުރީދޫ އެޕް މެދުވެރިކޮށް މި އޮފާތައް އެކްޓިވޭޓްކޮށްލެވޭނެ ކަމަށާއި އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި މިފަދަ ހާއްސަ އޮފާރތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައި އެކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ