ޔޫއޭއީގެ ރައީސް ވަނީ އެ ގައުމުގެ 222 ރައްޔިތުންގެ 37 މިލިއަން ޑޮލަރު، ނުވަތަ ރާއްޖޭގެ 578 މިލިއަން ރުފިޔާގެ ދަރަނި މައާފުކޮށްދެއްވަން ނިންމަވާފަ އެވެ.
ޔޫއޭއީ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން މި އަހަރުގެ އަލްހާ އީދުގެ މުނާސަބަތުގައި ދެއްވާ އީދު ހަދިޔާއެއްގެ ގޮތުން 222 ރައްޔިތުންގެ ދަރަނި މައާފުކޮށްފި އެވެ.
ޔޫއޭއީގެ ނޫސްތަކުގައިވާ ގޮތުން ރައްޔިތުންނަށް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ދެއްވާ އީދު ހަދިޔާއެއްގެ ގޮތުން ނޭޝަނަލްސް ޑިފޯލްޓެޑް ޑެބްޓްސް ސެޓްލްމަންޓް ފަންޑު (އެންޑީޑީއެސްއެފް) އިން ވަނީ އެ ގައުމުގެ 222 ރައްޔިތަކަށް ޖުމްލަ 139 މިލިއަން ދީނާރު (ގާތްގަނޑަކަށް 37 މިލިއަން ޑޮލަރު) ނުވަތަ ރާއްޖޭގެ 578 މިލިއަން ރުފިޔާގެ ދަރަނި މައާފުކޮށްދެއްވަން ނިންމަވާފަ އެވެ.
މި ގޮތަށް ނިންމެވި އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި އެމިރޭޓްސްގެ ނޫސްތަކުން ބުނީ މިއީ އެމިރޭޓްސްގެ ރައްޔިތުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، މުޅި ގައުމުގައި އިޖުތިމާއީ ރައްކާތެރިކަމާއި އިގްތިސާދީ ހަމަޖެހުން ކުރިއެރުވުމަށް ލީޑަޝިޕުން ކުރާ މަސައްކަތުގެ ބައެކެވެ.
ޔޫއޭއީ ރައީސްގެ މި ނިންމެވުމުގެ ސަބަބުން ޕެންޝަނަރުންގެ ކެޓަގަރީގެ 132 ރައްޔިތުންނަށް ފައިދާ ކުރާނެ އެވެ. އެއީ ޖުމްލަ ފައިސާއިން ބަލާނަމަ 86.5 މިލިއަނަށް މިލިއަން ދީނާރުގެ ދަރަންޏެވެ. އަދި ސޯޝަލް ސެކިއުރިޓީ ކެޓަގަރީގެ 90 ރައްޔިތެއްގެ 53 މިލިއަން ދީރާނުގެ ދަރަނި މައާފު ވެގެންދާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔޫއޭއީ ރައީސް އީދު ހަދިޔާގެ ގޮތުގައި 222 މީހުންގެ ދަރަނި މައާފު ކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ