އުރީދޫއިން އީދަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އުރީދޫއިން އީދަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި

ކުރިއަށް އޮތް އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަސްޓަމަރުންނަށް ތަފާތު އޮފާ ތަކެއް ތައާރަފުކޮށްފި އެވެ.
މިފަހަރުގެ އީދަށް އުރީދޫއިން އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށެވެ.
މިގޮތުން ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށިގެން ޑެޑިކޭޓެޑް ގޭމިން ބޫސްޓާތަކާ ހަމައަށް އެކި އޮފާތައް އުރީދޫއިން ވަނީ ތައާރަފްކޮށްފަ އެވެ.
އުރީދޫ އިން ބުނީ އީދަށް ހާއްސަކޮށް އެ ކުންފުނިން ތައާރަފްކުރި އޮފާތައް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށެވެ.
އަޟްހާ އީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ހިއްސާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ހިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި ކަސްޓަމަރުން ޝައުގުވެރިވާފަދަ ހާއްސަ އޮފާތައް އުރީދޫއިން އަބަދުވެސް ތައާރަފްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ