އުރީދޫ މެދުވެރިކޮށް ޣައްޒާއަށް އުޟްޙިޔާ ސަދަގާތްކުރުމުގެ ފުރުސަތު
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ގުޅިގެން ޢީދާ ދިމާކޮށް ޣައްޒާއަށް އުޟްހިޔާ ސަދަގާތް ކުރުމަށް އުރީދޫން ހުޅުވާލައިފިއެވެ. ޣައްޒާއަށް އަގީގާ ކަތިލުމަށް ފަހު، އެ ގައުމަށް ފޮނުވަނީ ނުބައި ނުވާހެން ދަޅުގައި ބަންދުކުރުމަށް ފަހުގައެވެ. އުރީދޫއިން ބުނީ، އޭގެ ދަޅެއް ހަދިޔާކުރަނީ 162 ރުފިޔާއަށް ކަމަށެވެ. https://x.com/OoredooMaldives/status/1929460285397443056 އޭގެ ދަޅެއް ހަދިޔާކުރުމަށް ބޭނުންވާ މީހުންނަށް އެމްފައިސާ މެދުވެރިކޮށް ހަދިޔާކުރެވޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ. އައިއޭސީން ބުނީ، މި ޕްރޮގްރާމުގެ ތެރެއިން 170 ދަޅު ދ. ކުޑަހުވަދޫން ހަދިޔާކޮށްފައިވާ ކަމަށާއި ތ. ވަންދޫއިން 61 ދަޅު ހަދިޔާކޮށްފައިވާ ކަމަށެވެ. މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް މާލެ ސަރަހައްދުގައި ކުލަގަދަކޮށް، ޢީދު ފާހަގަކުރުމަށް އެމްއެންޑީއެފުން ވަނީ ނިންމާފައެވެ. މި ހަރަކާތްތަކުގައި ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ޒަމާނީ ކެރެކްޓާތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ