އިހުސާސްތައް ވަނީ އީދުގެ އުފާ މަހުރޫމުވެފައިވާ ފަރާތްކާއެކު: މައުމޫން

މި އީދުގެ އިހުސާސްތައް ގުޅިފައިވަނީ އީދުގެ އުފަލުން މަހުރޫމްކޮށްފައިވާ ރައްޔިތުންނާއިއެކުކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން، އެ މަނިކުފާނުގެ އީދު އުފާތައް އެގޮތަށް އިހުސާސް ކުރައްވާ ކަމަށް ވިދާޅުވީ އާދައިގެ މަތީން ޓްވީޓެއް ކުރައްވައިގެންނެވެ.
މައުމޫން ވިދާޅުވީ މި އީދުގައި އެމަނިކުފާނުގެ އިހުސާސްތައް ގުޅިފައިވަނީ ސިޔާސީ ފުރައްސާރައިގައި އީދުގެ އުފަލުން މަހުރޫމްކޮށްފައިވާ ރައްޔިތުންނާއިއެކުކަމަށެވެ. އަދި މައުމޫން ވަނީ އެންމެނަށް އީދުގެ ތަހުނިޔާ ވެސް ވިދާޅުވެފައެވެ.
މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓްވީޓް
މައުމޫން އިޝާރާތް ކުރައްވާފައި ވަނީ އެކިއެކި ކުށްކުށާއި ކުށުގެ ތުުހުމަތުގައި ބަންދާއި ހައްޔަރުގައި ތިބި އެކި ފަރާތްތަކަށް ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ