އުތުރުގެ ހަތް އަތޮޅަށް މޫސުން ގޯސް

ރާއްޖޭގެ އުތުރުގެ ހަތް އަތޮޅަށް މޫސުން ގޯސްކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށެވެ.
މި ސަމާލުގައި ބުނެފައިވަނީ މިއަދު 2:15 އާއި އިރުއޮއްސި 06:30 އާއި ދެމެދުގެ ވަގުތުތަކުގައި އުތުރުގެ ހަތް އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
Alert White for heavy rain and thunderstorms with gusts of 45 mph expected. pic.twitter.com/229HXDqAOy
— Maldives Meteorology (@MetMaldives) August 7, 2020
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ