ގާސިމް އިތުރު ކައިވެންޏެއް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިތުރު ކައިވެންޏެއް ކުރައްވައިފި އެވެ. އުމުރުން 70 އަހަރުގެ ގާސިމް ކައިވެނިކުރައްވާފައި ވަނީ އުމުރުން ހަގު އަންހެނަކާ އެވެ. "ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ކައިވެނިކުރައްވާފައި ވަނީ ރޭ ސަން އައިލެންޑް ރިސޯޓްގަ އެވެ. އެކަމަށް ހާއްސަ ހަފްލާއެއް ސަން އައިލެންޑް ރިސޯޓުގައި ބޭއްވި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ގާސިމް ކައިވެނިކުރައްވާފައި ވަނީ އދ. މާމިގިއްޔަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ ރާނިއާ އަބްދުލް ހާމިދާ އެވެ. އޭނާއަކީ އުމުރުން 21 އަހަރުގެ ޒުވާނެއް ކަމަށް މައުލޫމާތު ލިބެ އެވެ. ގާސިމް، އާ ކައިވެންޏެއް ކުރައްވާފައި އެވަނީ، އޭނާގެ ހަގު އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ދުވަސްވަރެއްގަ އެވެ. ގާސިމް އަލަށް ކައިވެނި ކުރެއްވި ރާނިއާ އާއެކު ގާސިމްގެ ހަތަރު އަންބަކު ތިއްބަވަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ