ރޭލެއްގެ މައްޗަށް އެރި ކުއްޖަކު ކަރަންޓު ވަލެއްގައި ޖެހި މަރުވެއްޖެ

ރޭލެއްގެ މައްޗަށް އެރި ކުއްޖަކު މަތީގައި ދަމާފައި އޮތް ކަރަންޓު ވަލެއްގައި ޖެހި މަރުވެއްްޖެއެވެ.
އިނގިރޭސިވިލާތުގައި ހިނގާފައިވާ މި ހާދިސާގައި މަރުވެފައިވަނީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ. ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ވަނީ މަރުވެފައެވެ.
މި ހާދިސާގައި އިތުރު ދެ ކުއްޖަކަށްވެސް އަނިޔާވެފައިވެއެވެ. އެއީ 16 އަހަރުގެ ފުރިހެން ކުއްޖަކަށާއި 18 އަހަރުގެ އަންހެން ކުއްޖަކަށެވެ. މި ދެ ކުދިންނަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އިނގިރޭސިވިލާތު ޓްރާސްޕޯޓް ފޮލިހުން ބުނެފައިވަނީ މި ތިން ކުދިން ރެއިލްވޭ ލައިނަކަށް ދިއުމަށްފަހު އެތާ އޮތް ރޭލެއްގެ މައްޗަށް އެރީ ކަމަށާއި އަރައިގެން އުޅެނިކޮށް އެތާ މަތީ ދަމާފައި އޮތް ކަރަންޓު ވަލެއްގައި ޖެހި، ކުއްޖާއަށް ކަރަންޓު ޖެހިގެން މަރުވީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ