ރާއްޖެ ބޮޑު ބަޔަކަށް މިހާރު ކުރަމުން މި ދަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން، (ދެ މޫސުން ބެދޭ) ވިއްސާރަ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
Advertisement
ރާއްޖެ ބޮޑު ބަޔަކަށް މިހާރު ކުރަމުން މި ދަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން، (ދެ މޫސުން ބެދޭ) ވިއްސާރަ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ހަފްތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް މިހާރު ވެސް ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓުވެސް ނެރެފައެވެ.
އާންމު ގޮތެއްގައި ފަސް މޭލާއި 15 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު ވިލާގަނޑުގައި 35 މޭލު ބާރު މިނަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ.
އާންމު ގޮތެއްގައި ކަނޑު މަޑިވި ނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރާ އިރު މިހާރުވެސް ގިނަ ރަށްތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
މޫސުން ގޯސްވަނީ ހުޅަނގު މޫސުން ނިމި އިރުވައި ފެށޭތީ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ